twitterviber whatsapp telegramfacebookyoutube instagram
19th May 2024

ހދ ތީފަރިދޫގައި ރިސޯޓެއް ގާއިމްކޮށްދެއްވުމަށް ރައީސް އަރިހުގައި އެދިލައްވައިފި

Oct 25, 2016

ހދ އަތޮޅުގައި ރިސޯޓެއް ނެތުމުން ރަށާއި ކައިރިން ޒުވާނުންނަށް ވަޒީފާ ލިބޭނެ ގޮތަށް ހދ ތީފަރިދޫގައި ރިސޯޓެއް ގާއިމްކޮށްދެއްވުމަށް ރައީސް އަބުދުﷲ ޔާމީންގެ އަރިހުން ހިރިމަރަދޫ ކައުންސިލްގެ ރައީސް އެދިލައްވައިފި އެވެ.

ސަރުކާރުން ހދ ހިރިމަރަދޫގައި ހެދި ބަނދަރު ހުޅުވައިދެއްވުމުގެ ރަސްމިއްޔާތައް ރައީސް ޔާމީން ވަޑައިގަތުމުން ހިރިމަރަދޫ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ އެރަށުގެ ޒުވާނުންނަށް ރަށާއި ގާތުން ވަޒީފާއަދާކުރެވޭނެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ހިރިމަރަދޫއާ ޖެހިގެން އޮންނަ ތީފަރިދޫގައި ސަރުކާރުން ރިސޯޓެއް ގާއިމްކޮށްދެއްވުމަށް އެދިލައްވާފަ އެވެ.

“ރަށުގައި ކައިރީގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ ގޮތްވުމަކީ ރަށުގެ ޒުވާނުންގެ އުއްމީދެއް. މިރަށާއި ޖެހިގެން މިއޮތް ތީފަރިދޫގައި ރިސޯޓެއް ގާއިމްކޮށްދެއްވުމަކީ މިރަށުގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑު މިސަރުކާރުގައި އެދޭނެ ވަރަށް ބޮޑު އެދުމެއް” ހިރިމަރަދޫ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

މުހައްމަދު ވަހީދު ވަނީ ސަރުކާރުން އެރަށުގައި ސަރުކާރުން ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ ބައެއް މަޝްރޫއުތައް ފާހަގަކޮށް ރައީސްއަށް ޝުކުރު އަދާކުރައްވާފަ އެވެ.

އެގޮތުން ފެެން ރައްކާތްކުރެވޭނެ ނިޒާމާއި ވޮލީ ކޯޓާއި ބަށި ކޯޓާއި ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު ކުނީގެ މައްސަލަ ހައްލުކޮށްދޭނެ ކަމުގެ ފެހި ސިގްނަލް ވަނީ ސަރުކާރުން ދެއްވާފައިކަން އޭނާ ފާހަގަކުރެއްވި އެވެ.

އަދި މިވަގުތަށް ރިހިމަރަދޫގެ ރައްޔިތުންނަށް އެންމެ ބޭނުންވަނީ ފެނާއި ނަރުދަމާގެ މަސައްކަތްކަމަށް މުހައްމަދު ވަހީދު ވިދާޅުވި އެވެ. އަދި ރަށުގެސިއްހީ ސިއްހީ ހިދުމަތާއި ތައުލީމީ ހިދުމަތް ރަނގަޅުކޮށްދިނުމަށް ވެސް ވަނީ އެދިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355