ށ. ކަނޑިތީމުގައި ސަރުކާރުން ގާއިމްކޮށްދެއްވާފައިވާ ނަރުދަމާގެ ހިދުމަތް ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އިފްތިތާހްކޮށްދެއްވައިފިއެވެ.
40 މިލިއަން ރުފިޔާ ހަރަދުކޮށްގެން ގާއިމްކުރި ކަނޑިތީމް ނަރުދަމާގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ އެމްޑަބުލިއުއެސްސީއާ ހަވާލުކޮށްގެންނެވެ.
މި މަޝްރޫއުގެ ދަށުން ކަނޑިތީމުގައި 3 ޕަންޕް ސްޓޭޝަން ގާއިމްކޮށް، 8.84 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައަކުން ވަނީ ގުޅުލާފަ އެވެ.
8 މަސް ދުވަހުގެ ތެރޭގައި ނިންމާލި މިމަސްރޫއުން ނަޖިސް ބޭރުކުރުމަށް ރަށުގެ އެއްގަމުތޮށިން ފެށިގެން 248 މީޓަރަށް ސީ-އައުޓްފްލޯ ހޮޅި ވަނީ އަޅައިފަ އެވެ.
މި މަޝްރޫޢުގެ ދަށުން ކަނޑިތީމުގެ 397 ގެއަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވޭނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެ އެވެ.