twitterviber whatsapp telegramfacebookyoutube instagram
14th August 2026

ހަނިމާދޫ އެއާޕޯޓް ހަގީގީ ބައިނަލް އަގްވާމީ އެއާޕޯޓަކަށް ހަދާނަށް: ރައީސް

Oct 26, 2016

ހދ ހަނިމާދޫގެ އެއާޕޯޓް ހަގީގީ އިންޓަރނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

“އަޅުގަނޑުމެންގެ ވަރަށް އިސްކަމެއް އަމާޒެއް އޮތްކަމެއްކޭ ހަނިމާދޫ އެއާޕޯޓް ހަގީގީ އިންޓަނޭޝަނަލް އެއާޕޯޓަކަށް ހަދަން” މަކުނުދޫ ރައްޔިތުންނާ ވާހަކަދައްކަވަމުން ރައީސް ދެންމެ ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ “އަޅުގަނޑާއި ވާހަކަ ދައްކާ ނިމިގެން ހަމަ އެދިޔައީ ޓޫރިޒަމް މިނިސްޓްރު އަޅުގަނޑަށް އިއްޔެ ކަށަވަރުކޮށްދެއްވި ވަރަށް ބޮޑު މަޝްރޫއުއެއް ހަނިމާދޫ އެއާޕޯޓް އިންޓަރނޭޝަނަލް އެއާޕޯޓަކަށް ހެދުމާއި އަދި އެތަނުގެ ކައިރީގައި ރިސޯޓް ތަރައްގީ ކުރުމުގެ ފުރުސަތުތަކާ މީގެ އިތުރަށް ރާއްޖޭގައި އަޅުގަނޑުމެން ބޭނުންވާ އެހެން މަދަނީ ވައިގެ ދަތުރުފަތުރުކުރާނެ އެއާޕޯޓްތަކަކަށް އިންވެސްޓްކުރުމުގެ ކަންތައްތައް” ކަމަށެވެ.

މިމަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ ލޯން ނައިގެން ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ޔާމީން ވިދާޅުވީ މިމަޝްރޫއުއަކީ ކާމިޔާބު މަޝްރޫއުއަކަށް ވެގެންދާކަމުގައި ވަނީ އެސަރަަހައްދުގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ.

ހަނިމާދޫ އެއާޕޯޓަކީ މިހާރުވެސް އިންޓަނޭޝަނަލް އެއާޕޯޓެއް ނަމަވެސް އެ ވައިގެ ބަނދަރު ހަމައެކަނި ދަތުރުކުރަނީ އިންޑިޔާގެ ޓްރިވެންޑްރަމަށެވެ

 

 

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355