އަންނަ މަހުން ފެށިގެން ކުޅުދުއްފުށީގައި ނަރުދަމާއަށް ނަގަމުން އަންނަ ފީ ކުޑަކުރައްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ.
ހދ މަކުނުދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ވިދާޅުވީ ނަރުދަމާއަށް ކޮންމެ ގޭބިސީއަކުން ނަގަމުން އަންނަ 100 ރުފިޔާ އަންނަ މަހުން ފެށިގެން 30 ރުފިޔާއަށް ބަދަލުކުރައްވާނެ ކަމަށެވެ.
“ކުޅުދުއްފުށީ ރައްޔިތުން އަޅުގަނޑު ގާތު އަބަދުކުރައްވަމުން ގެންދަވާ ޝަކުވާއެއް ނަރުދަމާއަށް ނަގައި ފީ ބޮޑުވެގެން އުޅޭ ޝަކުވާ. ސަތޭކަ ރުފިޔާ ކަންނޭނގޭ ކޮންމެ ގޭބިސީއަކުން މިނަގަނީ . އިރާދަކުރެއްވިއްޔާ އަންނަމަހުގެ 1 ވަނަ ދުވަހުން ފެށިގެ މި ފީ ކުޑަކުރާނަށް. 100 ރުފިޔާއިން 30 ރުފިޔާއަށް ބަދަލުކުރާނަށް.” ރައީސް ވިދާޅުވި އެވެ.
ނަރުދަމާގެ ހިދުމަތް ދެމުންގެންދާ ރަށްތަކުގެ ތެރޭގައި ކޮންމެ ގޭބިސީއަކުން 100 ރުފިޔާ ނަގަމުންދަނީ ހަމައެކަނި ކުޅުދުއްފުށީގަ އެވެ.