ރައީސް ޔާމިން ހދ މަކުުނުދޫގައި ސަރުކާރުން ބަނދަރާއި ތަރައްގީކުރެއްވި ބަނދަރާއި، މިސްކިތް މިއަދު ހުޅުވާދެއްވައިފި އެވެ.
މަކުނުދޫ ބަނދަރަކީ 2012 ވަނަ އަހަރު ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރައްވައިގެން ތަރައްގިކުރެއްވި ބަނދަރެކެވެ. މިއީ 799 ފޫޓު ދިގު 375 ފޫޓް ފުޅާ ބަނދަރެކެވެ.
މަސްޖިދުލް ތަޤްވާ ރައީސް ހުޅުވާދެއްވަނީ: ފޮޓޯ ހޯމް މިނިސްޓްރީ
މިއަދު ހުޅުވައިދެއްވި މަސްޖިދުލް ތަޤްވާ އަކީ 700 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
މަކުނުދޫ ގެ ބަނދަރަކީ ސަރުކާރުން ގާތްގަނޑަކަށް 69.3 މިލިއަން ރުފިޔާ ހަރަދުކުރައްވައިގެން ގާއިމް ކުރެއްވި ބަނދަރެކެވެ. އަދި މިސްކިތް ގާއިމް ކުރުމަށް 5 މިލިއަނަށް ވުރެގިނަ ރުފިޔާ ހަރަދުކުރައްވާފައިވާ ކަމަށް ސަރުކާރުން ހާމަ ކުރައްވަ އެެވެ.