twitterviber whatsapp telegramfacebookyoutube instagram
19th May 2024

ދިރާގު ސްޕެޝަލްސް ސްޕޯޓްސްފެސްޓިވަލް ކުރިއަށް ދަނީ

Oct 26, 2016

ހެންވޭރު ދަނޑުގައި މިއަދު ކުރިއަށް މިގެންދާ ފެސްޓިވަލަކީ ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ދިރާގުގެ އިޖްތިމާއީ ޒިންމާގެ ތެރެއިން ހިންގާ ވަރަށް ހާއްސަ ފެސްޓިވަލެކެވެ.

މުޖުތަމައުގައި ދިރިއުޅޭ އެއްވެސް ކުއްޖަކު ބާކީ ނުކުރުމާއި ހުރިހާ ކުދިންނަށްވެސް ފުރުސަތުތަކެއް ހޯދައިދިނުމުގެ ބޭނުމުގައި ބާއްވާ މި ފެސްޓިވަލް އެކެވެ. އަދި ރާއްޖޭގައި ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަ ކޮށްގެން މިހާ ބޮޑު ކޮށް ބޭއްވޭ ހަމަ އެކަނި މި ފަދަ ކުޅިވަރުގެ ހަރަކާތް ކަމަށް ދިރާގުން މައުލޫމާތު ދިނެވެ.

ދިރާގުން މައުލޫމާތު ދިން ގޮތުގައި މި އަހަރުގެ މި ފެސްޓިވަލުގައި ވާދަވެރި އެއް މުބާރާތެއްގެ ގޮތުގަައިވަނީ 60 މީޓަރު ގެ ދުވުމުގެ މުބާރާތެއް ހިމަނާފައި އެވެ. 7 އަހަރުން ދަށް، 7 އަހަރާއި 12 އަހަރާއި ދެމެދު އަދި 12 އަހަރުން މަތީގެ އުމުރުފުރާ 3 އުމުރު ފުރާއަކަށް މި މުބާރާތް ވަނީ ބަހާލެވިފަ އެވެ. މީގެ އިތުރުން ދުވުމުގެ މުބާރާތުގައި އަދި ފުރޮޅުލީ ގޮނޑީގައި މިއަހަރުގެ ފެސްޓިވަލްގައި 200 އަށް ވުރެ ގިނަ ކުދިން ބައިވެރިވި ކަމަށެވެ.

މިއަހަރުގެ ފެސްޓިވަލްގައި ބައިވެރިވީ ކެއާ ސޮސައިޓީއާއި، މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕީޕަލް ވިތް ފިޒިކަލް ޑިސްއެބިލިޓީސް އާއި، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނާއި، ބިއުޓިފުލް އައިސް އޮފް މޯލްޑިވްސް އާއި، ޖަމާލުއްދީން ސްކޫލާއި، އަމީރު އަހުމަދު ސްކޫލާއި، އިމާދުއްދީން ސްކޫލާއި، ގަލޮޅު މަދަރަސާ އަދި މުހިޔުއްދީން ސްކޫލުގެ އިތުރުން އަމީނިއްޔާ ސްކޫލް ކަމަށް ދިރާގުން މައުލޫމާތު ދިނެވެ.

ދިރާގުން މައުލޫމާތު ދިން ގޮތުގައި މި ފަދަ ވާދަވެރި މުބާރާތެއް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ މަޖާ ކޮށް އުފާކޮށްލުމުގެ އިތުރުން އަމިއްލަ ނަޕްސަށް ކުރާ އިތުބާރާއި ކުޅިވަރުގެ ރޫހު ކުދިން ގައިގައި އަށަގެންނެވުމުގެ ބޭނުމުގައި ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355