ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު އަމިއްލަ ދަތުރުފުޅެއްގައި މާދާމާ ކުޅުދުއްފުއްޓަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރައީސް ވަހީދު މާދާމު ކުޅުދުއްފުއްޓަށް ވަޑައިގަންނަވަނީ އާއިލާގެ ބައެއް ބޭފުޅުންނާއި ހެޔޮ އެދޭ ފަރާތްތަކާ ބައްދަލުކުރެއްވުމަށެވެ. ރައީސް ވަހީދު ކުޅުދުއްފުއްޓަށް ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މާދަމާ މެންދުރުފަހު 2:30 ގައި އުތުރު ބަނދަރަށެވެ.
ރައީސް ވަހީދުގެ ގާތް ބޭފުޅެއް ކޭއޯއަށް ވިދާޅުވީ “މިއީ އެއްވެސް ގޮތަކަށް ސިޔާސީ” ދަތުރުފުޅެއް ނޫން ކަމަށެވެ. މިދަތުފުޅުގެ ތެރެއިން ކުޅުދުއްފުށީގައި ހުންނަ ލީޑީންގ ސްޓެޕް ޕްރީ ސްކޫލް ރަސްމީކޮށް ހުޅުވައިދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ވަހީދުގެ ވެރިކަމުގެ ހަލަބޮލި ދުވަސްތަކުގެ އެންމެ ގިނައިން ވަޑައިގެންފައިވާ އެއްރަށަކީ ކުޅުދުއްފުއްޓެވެ. ކުޅުދުއްފުށީ އަމީނީމަގުގައި ތާރު އަޅުއްވައިދެއްވާފައިވަނީ ވެސް ރައީސް ވަހީދެވެ.
މިއީ ވެރިކަމަށް ފަހު ރައީސް ވަހީދު ކުޅުދުއްފުއްޓަށް ކުރައްވާ ފުރަތަމަ ދަތުފުޅެވެ.