twitterviber whatsapp telegramfacebookyoutube instagram
21st May 2025

ހަތަރު ލައްކަ ރުފިޔާގެ ހަރަދުކޮށްގެން ގޮއިދޫގައި ހެދި ޕާކް ހުޅުވައިފި

Oct 27, 2016

4 ލައްކައެއްހާ ރުފިޔާ ހަރަދުކޮށްގެން ހެދި މިޕާކް ހުޅުވައިދެއްވީ އެކަމަށްޓަކާ ރޭ ށ ގޮއިދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ހޯމް މިނިސްޓަރ އަޒްލީން އަހުމަދެވެ.

ޕާކް ހުޅުވައިދެއްވުމަށް ފަހު މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި މިފަދަ ޕާކްތަކުގެ ސަބަބުން ކުޑަކުދިންނަށް ކުޅެލާ ހަދާނެ އުފާވެރި މާހައުލެއް ލިބޭކަމަށެވެ. އަދި އެކަމުގެ ސަބަބުން ނަފްސާނީ ގޮތުންނާއި ރޫހާނީ ގޮތުން ކުޑަކުދިންނަށް އެތަށް ފައިދާތަކެއް ލިބޭކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ތެރެއިން ގޮއިދޫއަށް ހުރި ތަރައްގީގެ ފުރުސަތުތައް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށާޢި އެގޮތުން ނަރުދަމާ އާއި ސާފު ބޯފެނުގެ ވާހަކަ މިނިސްޓަރު އަޒްލީން ފާހަގަކުރެއްވި އެވެ.

ގޮއިދޫގައި ހެދި ޕާކް ހޯމް މިނިސްޓަރ ހުޅުވައިދެއްވަނީ–

މިރަސްމިއްޔާތުގެ ވާހަކަދައްކަވަމުން ކަނޑިތީމް ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ހުސެއިން ވިދާޅުވީ މިއީ އޭނާގެ ދާއިރާގެ ރައްޔިތުންނަށް ވި ވައުދުތަކުގެ ތެރެއިން ވައުދެއް ކަމަށެވެ. އޭނާ ވިދާޅުވީ ގޮއިދޫގެ އިތުރުން ދާއިރާގެ އަނެއް 4 ރަށަށްވެސް ޕާކް ހެދުމަށް ބޭނުންވާ ތަކެތި ރާއްޖެއިން ބޭރުން އެރަށްރަށަށް ގެނެސްފައިވާ ކަމަށެވެ.

ގޮއިދޫގައި ޕާކްގެ މަސައްކަތް ނިމުމުން ޒުވާނުންނަށް ހާއްސަކޮށް ޖިމްއެއް ހެދުމެއް ނިންމާ އެކަން ވަނީ މުހައްމަދު ހުސެއިން ރޭ އިއުލާންކުރައްވާފަ އެވެ. އަދި އެކަމަށް ބޭނުންވާ ފައިސާގެ ފުރަތަމަ ޕޭމަންޓަށްވާ ފައިސާ ވަނީ ގޮއިދޫ ކައުންސިލާ ހަވާލުކޮށްފަ އެވެ.

ދާއިރާގެ އެހެން ރަށްތަކުގެ ވެސް ޕާކްގެ މަސައްކަތް ނިމުމުން ޖިމް ހަދާނެކަމަށް މުހައްމަދު ހުސެއިން ވިދާޅުވި އެވެ. އެރަށު ކައުންސިލްގެ ރައީސް ވިދާޅުވީ ޕާކަށް ބޭނުންވާ ތަކެތި ގަތުމަށްވެސް އެއްލައްކަ ފަންސާސް ހާސް ރުފިޔާ ހަރަދުވި ކަމަށާއި މަސައްކަތް އެއްކޮށް ނިންމުނުއިރު ހަތަރު ލައްކައެއްހާ ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355