twitterviber whatsapp telegramfacebookyoutube instagram
6th May 2024

މަތީ ތައުލީމް ހާސިލް ކުރުމަށް 900 ލޯނު އެހީގެ ފުރުސަތު ހުޅުވާލައިފި

Oct 27, 2016

ތައުލީމީ ގާބިލް ޒުވާނުން ތަކެއް ބިނާކުރުމުގެ ބޭނުމުގައި މި ސަރުކާރުން ފަހިކޮށްދެއްވާ ފުރުސަތުތަކުގެ ތެރެއިން އަލަށް މަތީ ތައުލީމް ހާސިލްކުރާން ފަށާ ދަރިވަރުންނަށް ހާއްސަ ކޮށްގެން މިއަހަރު ދިނުމަށް ހަމަޖެހިފައިވާ ލޯނު އެހީގެ ފުރުސަތުތަކުގެ ތެރެއިން ދެވަނަ ބުރުގެ ލޯނު އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ލޯނު އެހީގެ ދަށުން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ޑިޕްލޮމާއިން ފެށިގެން މާސްޓާސް އާއި ހަމައަށް ތައުލީމް ހާސިލްކުރުމަށް ފުުރުސަތު ލިބިފައިވަނީ 900 ދަރިވަރަކަށެވެ. އެއީ އަލަށް ކިޔަވަންފަށާ ދަރިވަރުންގެ ތެރެއިން ރާއްޖޭގައި ތައުލީމް ހާސިލް ކުރުމަށް 350 ދަރިވަރަކަށް އަދި ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލްކުރުމަށް 550 ދަރިވަރަކަށް ލޯން ލޯނުގެ އެހީ ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް މިނިސްޓުރީ އޮފް އެޑިއުކޭޝަން އިން މައުލޫމާތު ދެއެވެ.

އަދި ދެވަނަ ބުރުގައި ހުޅުވާލި ލޯނު އެހީގެދަށުން އަލަށް ކިޔަވަން ފަށާ ދަރިވަރުންގެ ގޮތުގައި ލޯނު އެހީއަށް އެދެވޭނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 1ގެ ފަހުން ކިޔެވުން ފަށާ ދަރިވަރުންނަށް ކަމަށެވެ.

350 ދަރިވަރުންގެ ތެރޭގައި ރާއްޖޭގައި ޕައިލެޓް ސްޓްޑީސްގެ ލައިސަންސް ނެގުމަށް 10 ފުރުސަތާއި، ޑިޕްލޮމާ އަށް ކިޔަވަން ބޭނުންވާ ދަރިވަރުންގެ ތެރެއިން 35 ދަރިވަރަކަށާއި، ބެޗްލަރސް ޑިގްރީއަށް އަށް ކިޔަވަން ބޭނުންވާ ދަރިވަރުންގެ 235 ދަރިވަރަކަށާއި އަދި މާސްޓާސް އަށް ކިޔަވަން ބޭނުންވާ ދަރިވަރުންގެ ތެރެއިން 70 ދަރިވަރަކަށް ލޯނު އެހީ ދެވޭނެ ކަމަށް ވެއެވެ.

އަދި 550 ދަރިވަރުންގެ ތެރޭގައި ވޮކޭޝަނަލް ޑިޕްލޮމާ އަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް 100 ފުރުސަތަކާއި، ބެޗްލާރސް ޑިގްރީއަށް ކިޔެވުމަށް ދޫކުރާ 335 ފުރުސަތާއި، މާސްޓާރޒް ޑިގްރީއަށް ކިޔެވުމަށް ދޫކުރާ 110 ފުރުސަތު އަދި ޕޯސްޓް ގްރެޖުއޭޓް މެޑިސިން ހެދުމަށް 5 ފުރުސަތު ހަމަޖެހިފައި ކަމަށް ވެއެވެ.

ލޯން އެހީގެ އެޕްލިކޭޝަން ފޯމާއި އުސޫލު މި މަހުގެ 27 ން ފެށިގެން ނޮވެމްބަރ 10 ގެ ނިޔަލަށް ވެލާނާގޭ 2 ވަނަ ފަންގިފިލާގައި ހުންނަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން (ޑީއެޗްއީ) އިންނާއި އެ ޑިޕާޓްމަންޓްގެ ވެބްސައިޓްން ލިބެން ހުންނާނެއެވެ. އަދި އެޕްލިކޭޝަން ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 13 އިން 17 އަށް ހެނދުނު 9 އިން ފެށިގެން 14:00 އާ ދެމެދުއެވެ. އެހެންމެ މަތީ ތައުލީމުގެ ލޯނު އެހީގެ އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް ބޭނުންވާ ނަންބަރު މާދަމާއިން ފެށިގެން އެޕްލިކޭޝަން ފޯމާއި އެކު ޑީއެޗްއީގެ ކައުންޓަރުން ދޫކުރަމުން ގެންދާނެ ކަމަށް މިނިސްޓުރީއޮފް އެޑިއުކޭޝަން އިން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355