twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުނި އުކާލައި މެނޭޖްކުރުމުގެ މަސައްކަތް ފޯކައިދޫ ކައުންސިލުން ފަށައިފި

Oct 27, 2016

ގޭބިސީތަކުގައި އުފެދޭ ކުނި ނަގައި އުކާލައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ށ ފޯކައިދޫ ކައުންސިލް ފަށައިފި އެވެ.

މި މަޝްރޫއުގެ ހުރިހާ ހަރަދެއް ކޮށްފައިވަނީ ފޯކައިދޫ ކައުންސިލުންނެވެ. މިމަޝްރޫއަށް އެކައުންސިލުން ހަތަރު ލައްކައަށް ވުރެ ގިނަ ފައިސާ ހަރަދުކޮށްފައިވެ އެވެ.

ފޯކައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދު ކޭއޯއަށް މިއަދު ވިދާޅުވީ މިމަޝްރޫއަކީ 100 ޕަސެންޓް ފޯކައިދޫ ކައުންސިލުން ހަރަދުކޮށްގެން ފެށި މަސައްކަތެއް ކަމަށެވެ.

މިމަސައްކަތުގެ ދަށުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ގޭބިސިތަކުގައި އުފެދޭ ކުނި ނަގައި އުކާލާނެ އެވެ. ހުކުރު ދުވަހު ނަގާނީ ހަމައެކަނި ކުނިވާޒާތުގެ ކުނި އެކަނިކަމަށް ރާޝިދު ވިދާޅުވި އެވެ. މީހުން ނޫޅޭ ފަޅު ގޯތިތަކުން ހަފްތާއަކުން އެއް ދުވަހު ކުނި ނަގައި އުކާލުމަށް ވަނީ ހަމަޖައްސާފަ އެވެ.

ކުނި މެނޭޖްކުރުމުގެ ރަސްމިއްޔާތުގައި ފޮޓޯއަަކަށް ހުއްޓިގެން–

 

ފީ އެއް ގޮތުން ކޮންމެ ގޭބިސީއަކުން މަހަކު ނެގުމަށް ހަމަޖެހިފައިވަނީ އެންމެ 100 ރުފިޔާ އެވެ. ފަޅު ގޯތިތަކުން 75 ރުފިޔާ މަހަކު ފީ އެއްގޮތުގައި ނަގާނެ އެވެ.

ކައުންސިލުން ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނަގައި ކުރާ މި މަސައްކަތުން ނަގައި ކުނި ކުނިކޮއްޓަށް ގެންގޮސް ކުނިމޭނޭޖްކުރުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން ކުނިން ކާދު ހެދުމަށްފަހު ކާދު ވިއްކުމަށް ނިންމާފައިވާ ކަމަށް މުހައްމަދު ރާޝިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުރަތަމަ ހަދައި ކާދު ވިއްކުމުގެ ބަދަލުގައި ހަމަޖެހިފައިވަނީ ރައްޔިތުންނަށް ބާހާލުމަށް ކަމަށެވެ.

ށ ފޯކައިދޫ ކައުންސިލަކީ އެލްޖީއޭއިން ހޮވާ އެންމެ ހިންގުތެރި އެވޯޑް ލިބިފައިވާ ކައުންސިލެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355