twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ޕިންކް ރިބަން ރަން- ވޯކް ގައި ބީއެމްއެލް އިން ބައިވެރި ވަނީ

Oct 27, 2016

ކެންސަރަަށް ހޭލުންތެރިކަން އިތުރު ކުރުމަށް ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އިންތިޒާމްކޮށްގެން ބާއްވާ “ޕިންކް ރިބަން ރަން- ވޯކް” އަށް އަށް އެހީތެރިވުމަށް ބޭންކް އޮފް މޯލްޑިވްސް އިން ނިންމައިފިއެވެ.

މާދަމާ ހަވީރު 4:00 ގައި ހުޅުމާލެ ސެންޓަރަލް ޕާކުން ފެށުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި ބޭންކުގެ މުވައްޒަފުން ދުވުމަށް ހަމަޖެހިފައިވާއިރު މިހަރަކާތް އިންތިޒާމްކުރުމުގައިވެސް ބޭންކުގެ މުވައްޒަފުން ބައިވެރިވާނެއެވެ.

ކެންސަރ އަށް ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ބާއްވާ މި އަހަރުގެ “ޕިންކް ރިބަން ރަން- ވޯކް” ގައި ދުއިސައްތަފަންސާހެއްހާ ދުވުންތެރިން ބައިވެރިވާނެކަމަށް ލަފާކުރެވޭ ކަމަށް ބޭންކުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވުމަކީ މިހުން މިކަމުގައި ބައިވެރިކުރުވާ އަދި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މުހިންމު މައުލޫމާތު ދީ ކެންސަރުން ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތައް ބަޔާންކޮށްދެވޭނެ މުހިންމު ހަރަކާތެއް ކަމަށް ބޭންކުން މައުލޫމާތު ދެއެވެ.

މިއަހަރު ކުރީކޮޅު ބީއެމްއެލް އިން ވަނީ ސީއެސްއެމް އާ އެކު ބޭންކުގެ މުވައްޒަފުންނާއި އެ މުވައްޒަފުންގެ ބައިވެރިންނަށް އަމާޒުކޮށް ކެންސަރ ސްކްރީނިންގ ޕްރޮގްރާމެއް ހިންގާފައެވެ.

އަދި މީގެ އިތުރުން ކެންސަރ އާ ބެހޭ މައުލޫމާތު ދިނުމާއި ގަވައިދުން ކެންސަރ ގެ އަލާމާތެއް ފެނޭތޯ ބެލުމުގެ މުހިންމުކަމާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ވެސް ވަނީ ބާއްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355