twitterviber whatsapp telegramfacebookyoutube instagram
21st May 2025

ނަސީމްގެ އަގު ވަޒަންކޮށް އަތޮޅު ކައުންސިލުން ފިލައެއް ހަދިޔާކޮށްފި

Oct 27, 2016

ހދ އަތޮޅު ކޮމާންޑަރ ޕޮލިސްޗީފް ސްޓޭޝަން އިންސްޕެކްޓަރ އަލްފާޟިލް އަހުމަދު ނަސީމް ގެ އަގު ވަޒަންކޮށް ހދ އަތޮޅު ކައުންސިލުން ފިލައެއް ހަދިޔާކޮށްފި އެވެ.

މިއަދު ހެނދުނު އެ ކައުންސިލްގައި ބޭއްވި ބައްދަލުވުމެއްގައި މި ފިލާ ހަވާލު ކޮށްދެއްވީ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމެވެ.

ކޭއޯ އަށް މައުލޫމާތު ދެމުން ކައުންސިލްގެ ރައީސް ވިދާޅުވީ މި ބައްދަލުވުމުގައި ކައުންސިލާއި ޕޮލިހާ ދެމެދު އޮތް ގުޅުމުގެ ވާހަކައާއި ކައުންސިލްގެ އެކި ކަންކަމުގައި ޕޮލިހުން ވެދީފައިވާ އެހީތެރިކަން ފާހަގަކޮށް ވާހަކަ ދައްކާފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި އަތޮޅު ކައުންސިލްގެ މެންބަރުން ވަނީ ބައިވެރިވެފަ އެވެ.

ހދ އަތޮޅު ކޮމާންޑަރުގެ މާގާމުގެ މުއްދަތަކީ 2 ޓާރމެވެ. މި މާގާމާއި ނަސީމް ހަވާލުވެލެއްވީ 2014 ވަނަ އަަހަރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355