twitterviber whatsapp telegramfacebookyoutube instagram
13th April 2026

ލީޑިންގ ސްޓެޕް އިންޓަރނޭޝަނަލް ސްކޫލު ރަސްމީކޮށް ރައީސް ވަހީދު ހުޅުވައިދެއްވައިފި

Oct 28, 2016

ކުޅުދުއްފުށީ ހިންގަމުން އަންނަ ދަ ލީޑިންގ ސްޓެޕް އިންޓަރނޭޝަނަލް ޕްރީ ސްކޫލް ރަސްމީކޮށް ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ހުޅުވައިދެއްވައިފި އެވެ.

މިއަހަރުން ކިޔަވައިދޭން ފެށި މިސްކޫލަކީ މޮންޓަސޫރީ ކަރިކިއުލަމަށް ކިޔަވައިދޭ ސްކޫލެކެވެ. ރައީސް ވަހީދު މިސްކޫލު ހުޅުވައިދެއްވީ މިއަދު ހަވީރު އެކަމަށްޓަކައި ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ސްކޫލު ހުޅުވައިދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ރައީސް ވަހީދު ވަނީ މޮންޓަސޫރީ ކަރިކިއުލަމުގެ ތާރިހަށް އަލިއަޅުވާ ވާހަކަފުޅު ދައްކަވާފަ އެވެ. އަދި ޅަފަތުގެ ތައުލީމްގެ މައްޗަށް ބަލާލާ ވާހަކަފުޅުވެސް ދައްކަޗާފައިވެ އެވެ.

ހުޅުވައިދެއްވުމަށް ފަހު ރައީސް ވަހީދުވަނީ ކޭކޭވެސް ފަޅުއްވާދެއްވާފަ އެވެ. އަދި ސްކޫލުގެ ކުލާސް ރޫމްތައްވެސް ވަނީ އެމަނިކުފާނު ބައްލަވާލައްވާފަ އެވެ. މިރަސްމިއްޔާތުގެ އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް އިލްހާމްވެސް ބައިވެރިވެ ވަޑައިގަތެވެ.

ރައީސް ވަހީދު ދަ ލީޑިންގ ސްޓެޕް އިންޓަރނޭޝަނަލް ސްކޫލު ރަސްމީކޮށް ހުޅުވުން ފޮޓޯ ގެލެރީ

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355