ހަންގާމާ ޕްރޯ އަކީ 3.5 މިލިއަން އަށް ވުރެ ގިނަ ބޮލީވުޑް އަދި އެހެނިހެން އެޗްޑީ ލަވަ އަޑު އަހުމުގެ އިތުރުން ޑައުންލޯޑްކުރުމުގެ ފުރުސަތު ލިބިގެންދާ މޮބައިލް އެޕްލިކޭޝަން އެކެވެ.
އުރީދުން މައުލޫމާތު ދިން ގޮތުގައި ހަންގާމާ ޕްރޯގެ އެޑެޕްޓިވް ސްޓްރީމިންގ ފީޗަރ މެދުވެރިކޮށް، ސްމާރޓް ފޯންތަކަށް އެންމެ ފުރިހަމަ އުރީދޫ ނެޓްވާރކްގައި، މިއުޒިކް އޭގެ އެންމެ ފުރިހަމަގޮތުގައި އަޑުއަހާލުމުގެ އުފާވެރިކަން ލިބިގެންދާނެ ކަމަށެވެ.
އަދި މި އެޕް އަޕްގްރޭޑް ކުރެއްވުމާއި އެކު، ހައި ކޮލިޓީގައި އެތައް މިލިއަން އޯޑިއޯއެއް ޑައުންލޯޑް ކުރުމުގެ ފުރުސަތު ލިބި، އެންމެ ކަމުދާ ލަވަތައް އޮފްލައިންކޮށްވެސް އަޑުއަހާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. ހަމައެއާއިއެކު، އެއްވެސް އިސްތިހާރެއް ނުވަތަ މެދުކެނޑުމަކާ ނުލާ މިއުޒިކް އަޑުއަހާލުމުގެ ފަސޭހަކަން ހަންގާމާ ޕްރޯ އިން ލިބިގެންދާނެ ކަމަށެވެ.
އުރީދޫއިން ހަންގާމާ މިއުޒިކް ޕްރޯއަށް ސަބްސްކްރައިބް ކުރުމަށް 3 ޕެކޭޖެއް ވަނީ ތަޢާރަފްކޮށްފައެވެ.
ސަބްސްކްރައިބް ކުރެއްވުމަށް އަގު ޕެކޭޖް
އަށް އެސްއެމްްއެސް ކުރަށްވާ 4725 ޖެއްސެވުމަށްފަހު “SUB H1” ދުވާލަކު 2 ރުފިޔާ ހަންގާމާ މިއުޒިކް ޕްރޯ – ޑެއިލީ
އަށް އެސްއެމްްއެސް ކުރަށްވާ 4725 ޖެއްސެވުމަށްފަހު “SUB H2” ހަފްތާއަކު 8 ރުފިޔާ ހަންގާމާ މިއުޒިކް ޕްރޯ – ވީކްލީ
އަށް އެސްއެމްްއެސް ކުރަށްވާ 4725 ޖެއްސެވުމަށްފަހު “SUB H3” މަހަކު 25 ރުފިޔާ ހަންގާމާ މިއުޒިކް ޕްރޯ – މަންތްލީ
ރާއްޖެ އާއި ރާއްޖޭން ބޭރުގެ ޑިޖިޓަލް ކޮންޓެންޓް ފޯރުކޮށްދޭ ފަރާތްތަކާއި ގުޅިގެން، ކަސްޓަމަރުންނަށް ކަމުދާ ޚިދުމަތްތަކާއި، އެޕްތައް މެދުވެރިކޮށް، އިތުރަށް ފުރިހަމަ ޑިޖިޓަލް އެކްސްޕިރިއަންސްއެއް ކަސްޓަމަރުންނަށް ހޯދައިދިނުމުގެ މަސައްކަތް އުރީދޫއިން ކުރިއަށްއޮތް ތަނުގައިވެސް ކުރަމުން ގެންދާނެ ކަމަށް އުރީދޫއިން މައުލޫމާތު ދިނެވެ.