twitterviber whatsapp telegramfacebookyoutube instagram
21st May 2025

ކުޅުދުއްފުށީގައި ހިނގި ސައިކަލް އެކްސިޑެންޓެއްގައި 2 ޒުވާނަކަށް ބޮޑެތި އަނިޔާތަކެއް!

Oct 30, 2016

ރޭ ދެ ސައިކަލް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސައިކަލް ދުއްވަން ތިބި 2 ޒުވާނުންނަށް ބޮޑެެތި އަނިޔާތަކެއްވެއްޖެ އެވެ.

ހދ އަތޮޅު ތައުލީމީ މަރުކަޒާއި ދިމާ އަމީނީމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 18 އަހަރުގެ ޒުވާނަކަށާއި 26 އަހަރުގެ ޒުވާނަކަށެވެ.

އެމީހުން ބެލި ޑޮކްޓަރުންނާއި ހަވާލާދީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އޮފިޝަލަކު ކޭއޯއަށް ވިދާޅުވީ ދެ މީހުންނަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.

އެކްސިޑެންޓްގެ ތެރއިން–

އެގޮތުން ކޮނޑު ހުޅުން ނެއްޓި ފައިގެ އެކި ހިސާބުތަކުން ބިނދި ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށެވެ.

އެހެންނަމަވެސް އެމީހުންގެ ފުރާނައަށް ނުރައްކާވާ ވަރުގެ އަނިޔާއެއް ލިބިފައިނުވާކަމަށް އެމީހުން ބެލި ޑޮކްޓަރުންނާއި ހަވާލާދީ ހޮސްޕިޓަލުން މައުލޫމާތު ދެ އެވެ.

އެކްސިޑެންޓްގައިސައިކަލަށް ބޮޑެތި ގެއްލުންތަކެއް ވެފައިވޭ–

އެމީހުން ދުއްވި ދެ ސައިކަލަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއްވެފަ އެވެ.

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355