twitterviber whatsapp telegramfacebookyoutube instagram
28th March 2024

 ނެއްލައިދޫއަށް އޭލެވެލް ކިޔަވަންދާ ރަށުން ބޭރު ކުދިންގެ ހުރިހާ ހަރަދެއް ހިލޭ

Oct 30, 2016

ރަށުން ބޭރުން ހދ ނެއްލައިދޫއަށް އޭލެވެލްއަށް ކިޔެވުމަށްދާ ދަރިވަރުންގެ ހުރިހާ ހަރަދެއް ކައުންސިލުން ބަލަހައްޓައި ދޭން ނިންމައިފި އެވެ. މިދިއަ އަހަރުވެސް ކައުންސިލުން ވަނީ އެގޮތަށް އަމަލުކޮށްފަ އެވެ.

އެގޮތުން އަންނަ އަހަރު ނެއްލައިދޫއަށް އޭ ލެވެލް ކިޔަވަންދާ އެހެން ރަށްރަށުގެ ކުދިންނަށް ބޭނުންވާ ގިނަ ކަންތައްތަކެއްކޮށް ދިނުމަށް އެރަށު ކައުންސިލުން ނިންމާ އެކަން ވަނީ އާއްމުކޮށްފަ އެވެ.

އެގޮތުން ކައުންސިލްގެ ހަރަދުގައި ކުރަން ނިންމާފައިވާ ކަންތައްތައް:

ދަރިވަރުގެ ހުރުމާއި ކެއުން

ޔުނިފޯމް ކިޓް (ރަސްމީ/ ކުޅިވަރު ޔުނީފޯމް/ ބޫޓް)

ޓިއުޝަން ދިނުން

ކިޔެވުމަށް ބޭނުންވާ ފޮތް ފަންސޫރު

ބޭސް ފަރުވާ

ކޮސްމެޓިކްސް

އިޖްތިމާއި ރައްކާތެރިކަން ފުރިހަމަކާއި ޔަގީންކަން ހޯދައިދިނުން

ކޮންމެ ޓާމަކު އެއްފަހަރު އާއިލާ އާއި ބައްދަލުކުރުމުގެ އިންތިޒާމް ހަމަ ޖައްސައިދިނުން

ކިޔެވުމާއި ކުޅިވަރު ހަރަކާތްތަކަށް ބޭނުންވާ ސާމާނު ހޯދައިދިނުން

ކުއްޖާ ސްކޫލަށް ގެނައުމާއި ގެންދިއުން ބެލެނިވެރިޔަކާ އެކު ހަމަޖައްސައިދިނުން

ކިޔެވުމަށްޓަކައި އިންޓަރނެޓްގެ ހިދުމަތް ދިނުން

ކަނޑައެޅިފައިވާ އުސޫލުން ފޯނު އެލަވަންސް ދެވޭނެ.(މަދުވެގެން މަހަކު 100 ރުފިޔާގެ ފޯނު ކާޑެއް ދިނުން

ރަށުން ބޭނުން އޭ ލެވެލް ކިޔެވުމަށް އަންނަ ހުރިހާ ދަރިވަރުންނަށް މިހިދުމަތްތައް ހިލޭ ދިނުމަށް ކައުންސިލުންވަނީ ނިންމާފަ އެވެ.

މީގެ އިތުރުން އެކުދިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ކޮންމެ ކުއްޖަކަށް ކައުންސިލުގެ ފަރާތުން ފޯކަލް ޕޮއިންޓެއް ހަމަ ޖައްސައިދޭންވެސް ވަނީ ނިންމާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355