twitterviber whatsapp telegramfacebookyoutube instagram
14th August 2026

ސައިކަލް އެކްސިޑެންޓްގައި އަނިޔާ 2 ޒުވާނުން މާލެ ގެންދަނީ

Oct 30, 2016

ރޭ ކުޅުދުއްފުށީގައި ހިނގި ނުރައްކާތެރި ސައިކަލް އެކްސިޑެންޓްގައި އަނިޔާވި ދެ ޒުވާނާ އިތުރު ފަރުވާއަށް މާލެ ފޮނުވާލުމުގެ މަސައްކަތް ފަށައިފި އެވެ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އިބުރާހިމް ވަހީދު ކޭއޯއަށް ވިދާޅުވީ އެކްސިޑެންޓްގައި އަނިޔާވި ދެ މީހުން އިތުރު ފަރުވާއަށް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ދެ މީހުންވެސް މިއަދު ވަގުތެއްގައި މާލެ ފޮނުވާލެވޭނެ ކަމަށެވެ.

އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ރޯޝަނީގޭ މުހައްމަދު އަލީ (18) އާއި އަރާއިރު އަލީ މުހައްމަދު (26) އަށެވެ.

މިއެކްސިޓެންޓްގައި ދެ މީހުންނަށްވެސް އެކި ވަރުގެ ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފަ އެވެ. އެގޮތުން ކޮނޑުހުޅުން ނައްޓައިގެން ގޮސްވުމާއި ފައިގެ އެކި ހިސާބުތަކުން ބިނދިފަވެ އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355