twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ޕެކޭޖިންގ ފެސިލިޓީ ގާއިމް ނުކުރެވި 1 އަހަރަކަށް ވުރެ ގިނަ ދުވަސް

Oct 30, 2016

ކުދި އަދި މެންދުފަތީގެ ވިޔަފާރިތަކުން އުއްފަދާ ތަކެތި ރަގަޅު ފެންވަރަކަށް ބަންދުކުރުން ނުވަތަ ޕެކޭޖިންގ ފެސިލިޓީސްގެ ހިދުމަތް ކުޅުދުއްފުށިގައި ގާއިމްކުރުމުގެ މަސައްކަތް އެކޮނޮމިކް މިނިސްޓްރީގެ ދަށުން ހުންނަ ބިޒިނަސް ސެންޓަރު ފެށީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިންނެވެ. އޭރު ބުނީ ޑިސެމްބަރުމަހު މަސައްކަތް ފެށޭނެ ކަމަށެވެ.

ނަމަވެސް އަހަރެއް ވެގެންދިޔަ އިރުވެސް މަސައްކަތް ވަނީ ނުފެށިފަ އެވެ. ހދ ބިޒްނަސް ސެންޓަރުގެ އޭރުގެ މެނޭޖަރު އިބުރާހިމް އިމާދު ކޭއޯއަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވަނީ ޕެކޭޖިން ފެސިލިޓީސް ގާއިމްކޮށް އެތަނުގެ ހިދުމަތްދިނުމަށް އެމްއޯޔޫގައި ސޮއިކުރެވި މިދިޔަ އަހަރުގެ މެހި މަހު ބަޔަކާ ހަވާލުކޮށްފައިވާ ކަމަށާއި އެމްއޯޔޫގައިވާގޮތުން އެމަސައްކަތް 6 މަސް ދުވަހުގެ ތެރޭގައި ފަށަން ޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި އެމަސައްކަތް ކުރުމަށް ކުރިން އަތޮޅުގޭ ގެ ގޮތުގައި ބޭނުންކުރަމުންދިޔަ އިމާރާތުގެ ބައެއް ލިބި އެތަން މަރާމާތުކުރުމުގެ މަސައްކަތް އޭރު ކުރިއަށްގެންދިޔަ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ބައެއް ސާމާނު ކުޅުދުއްފުއްޓަށް ގެނެސްފައިވާކަމަށްވެސް ވިދާޅުވި އެވެ.

މިމަޝްރޫއު ކުރިއަށް ގޮސްފައިވާ ހިސާބެއް ބެލުމަށް ކޭއޯއިން ކުޅުދުއްފުށީގައި ގާއިމްކޮށްފައި ހުންނަ ބިޒްނަސް ސެންޓަރުގެ މިހާރުގެ މެނޭޖަރު އަހުމަދު ޔާސިމްއަށް މިދިޔަ ހަފްތާ ގުޅުވުމުން ވިދާޅުވީ އެކަމާ ބެހޭ މައުލޫމާތު ދެވޭނީ ތަންކޮޅެއް ހަމަޖެހިލައިގެންކަމަށާއި މައުލޫމާތު ސާފުކުރުމަށް ފަހު ދެނޭކަމަށެވެ. ނަމަވެސް ފަހުން ގުޅުވުމުން އޭނާގެ ފޯނަށް ޖަވާބު ނުދެއްވާތީ އެކަމުގެ މައުލޫމާތު ވަނީ ސާފު ނުވެފަ އެވެ.

ކުޅުދުއްފުށީގައި ހުންނަ ބިޒްނަސް ސެންޓަރުގެ މިހާރުގެ މޭނޭޖަރު ޔާސިމް–

 

ދުނިޔެ ގަބޫލުކުރާ ފެންވަރަށް ގާއިމްކުރާ މި ޕެކޭޖިންގ ފެސިލިޓީޒްގައި ތަކެތި ބަންދުކުރުމަށް ހަމަޖެހިފައިވަނީ ޕެޓް ފުޅި އާއި ބިއްލޫރި ފުޅި އަދި ކޮތަޅުގަ އެވެ. މި ޕެކޭޖިންގ ފެސިލިޓީސް އަކީ ހއ.ހދ އަދި ށ އަތޮޅުގެ ވިޔަފާރިތަކަށް ހާއްސަކޮށް ގާއިމްކުރާ ތަނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355