twitterviber whatsapp telegramfacebookyoutube instagram
2nd May 2024

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަ އަންހެން ކުއްޖަކަށް ޖިންސާ ގޯނާކުރި ދެ މީހަކު 15 އަހަރަށް ޖަލަށް

Oct 30, 2016

އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ އަންހެން ކުއްޖަކަށް ޖިންސީ އަމަލެއް ހިންގުމުގެ ކުށް ސާބިތު ދެ މީހަކު 15 އަހަރަށް ޖަލަށްލުމަށް ހދ މަކުނުދޫ ކޯޓުން ހުކުމްކޮށްފި އެވެ.

އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ ޖިންސާ އަމަލެއް ހިންގުމުގެ ކުށް ސާބިތުވުމާއި ގުޅިގެން ހުކުމްކޮށްފައިވަނީ  ހދ. މަކުނުދޫ، ދިއްގާގަސްދޮށުގެ، ފާތިމަތު ރަޝީދާ (41އ) އާއި ހދ. ވައިކަރަދޫ، ތަރިވިދާގެ، އަހުމަދު ހަލީމް (45އ)  ގެ މައްޗަށެވެ. މިއީ ދެމަފިރިންނެވެ. މި ދެ މީހުން ޖިންސީ އަމަލު ހިންގައިފައިވަނީ ކުއްޖާގެ މިހާރުގެ އުމުރަކީ 13 އަހަރެވެ.

އަހުމަދު ޙަލީމް އާއި ފާތިމަތު ރަޝީދާގެ މައްޗަށް އިތުބާރުކުރެވޭ މަޤާމެއްގައި ހުރި ކުޑަކުއްޖަކާ ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ އުމުރުން 6 އަހަރުން ފެށިގެން އެކި ދުވަސްމަތިން ކުޑައަންހެން ކުއްޖަކަށް ޖިންސީ އަމަލު ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާއި ގުޅިގެންނެވެ.

މި ދަޢުވާ ބެލުމަށްފަހު ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ޙުކުމްގައި ބުނަނީ ޤާނޫނު ނަންބަރު 2009/12 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލަތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެމާއްދާގެ (ށ)ގެ ދަށުން، އިތުރުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގައި ދަޢުލަތުން ކޮށްފައިވާ ދަޢުވާ އެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ ބާވަތުގެ މަދުވެގެން ފަސް ބާވަތުގެ ހެކި ޝަރީޢަތަށް ލިބިފައިވާތީ، މި ދަޢުވާ ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ ފަދައިގެން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އެހެންކަމުން އިތުބާރު ކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާ ޖިންސީ އަމަލު ހިންގުމުގެ ކުށުގެން އަހުމަދު ހަލީމް އާއި ފާތިމަތު ރަޝީދާ ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މި ކުށުގެ އުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 2009/12 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލަތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކުރާކަމަށް އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު މަކުނުދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމްގައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355