twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ޒާހިލްގެ ބޭސްފަރުވާއަށް އެއްލައްކަ ޑޮލަރު ބޭނުންވޭ، އަދި ލިބިފައިވަނީ 5 ލައްކައެއްހާ ރުފިޔާ

Oct 30, 2016

ގޮތް ނޭނގޭ ބަލިތަކެއްގެ ޝިކާރައަކަށް ވެފައިވާ އިބްރާހިމް ޒާހިލްއަށް ވަނީ އެކި ފަރާތްތަކުން އެހީތެރިކަން ލިބިފައިކަމަށް ޒާހިލްގެ ބައްޕަ މަައުލޫމާތު ދިނެވެ.

ކޭއޯ އަށް މައުލޫމާތު ދެމުން ޒާހިލްގެ ބައްޕަ ބުނި ގޮތުގައި ޒާހިލްގެ ހާލު ހަމަކުރިއެކޭވެސް އެއްގޮތް ކަމަށެވެ. އަދި ބޭސްފަރުވާއަށް ފޮނުވުމަށް ދާނެ ހަަރަދު ބެލުމަށް ޒާހިލްގެ ރިޕޯޓް ރާއްޖޭއިން ބޭރުގެ ދެ ގައުމު ފޮނުވާފައެވެ.

އެގޮތުން “އިއްޔެ އަޅުގަނޑުމެންނަށް ބެންކޮކް އިން އައިސް ހުރި ލިޔެކިޔުން ތަކަށް ބަލާފައި އެމީހުން ބުނީ ލައްކައެއްހާ ޑޮލަރު ހަރަދު ވާނޭ ޒާހިލްގެ ބޭސް ފަރުވާއަށް” ޒާހިލްގެ ބައްޕަ ކިޔައިދިނެވެ. އަދި ސިންގަޕޫރުން ހަބަރެއް އަދި ނުލިބޭ ކަމަށާއި ޑޮކްޓަރުން ބުނާ އެއްޗެއް ބަލާފަ ފުރުމުގެ ކަންތައް ހަމަޖަައްސާނެ ކަމަށް ބުންޏެވެ.

ޒާހިލްއަށް އެކި ފަރާތްތަކުގެ އެހީގައި މިހާރު 5 ލައްކަ ރުފިޔާ ލިބިވާ ކަމަށާއި އަދި ބޭސް ފަރުވާއަށް ދެވޭ ވަރަށް ރުފިޔާ ނުލިބޭކަމަށް ޒާހިލްގެ ބައްޕަ ބުންޏވެ އެވެ. ވަރަށް ގިނަ ފަރާތް ތަކުންނާއި ކުންފުނި ތަކުން އެހީތެރިކަށް ލިބޭތީ އެކަމަށް ވަރަށް ޝުކުރުވެރިވިއެވެ. ރޭގެ ވަގުތެއްގައި ވަނީ މާލޭގެ ކޭކު ޑޮނާސްގެ ފަރާތުންވެސް ލައްކައެއްހާ ރުފިޔާ ލިބިފައި ކަމަށާއި އެކަމަށްވެސް ވަރަށް ޝުކުރުވެރިވިއެވެ.

އެކިފަރާތް ތަކުން އެހީ ލިބެމުން ދާތީ އިރާދަ ކުރެއްވިއްޔާ ފައިސާ ހަމަ ވިހާ އަވަހަކަށް ފުރާނެ ކަމަށް ޒާހިލްގެ ބައްޕަ  މައުލޫމާތު ދެމުން ބުންޏެވެ.

ޒާހިލްއަށް އެހީއެއް ވެދެއްވަން ބޭނުންވާ ފަރާތްތަކުން 7931608 އަށް ގުޅުއްވާށެވެ.ފައިސާގެ އެހީ ވެދެއްވަން ބޭނުންވާ ފަރާތްތަކުން އެކައުންޓް ނަންބަރު 7730000089085 އަށް ޓްރާންސްފަރ ކުަރައްވާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355