twitterviber whatsapp telegramfacebookyoutube instagram
14th August 2026

އަންނަ އަހަރު ވިލާ ކޮލެޖުގައި ފަށާ ކޯސްތަކުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފި

Oct 31, 2016

2017 ވަނަ އަހަރުގެ ޖެނުއަރީ މަހު ވިލާ ކޮލެޖުގައި ފެސުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އަންނަ އަހަރު ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ އިންފޮރމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް މެނޭޖްމަންޓް، ޓީޗިން، އެޑިއުކޭޝަން، ޝަރީޢާ ލޯ، ހިއުމަން ރިސޯސަސް, ޓުއަރިޒަމް، އެކައުންޓިންގ އަދި މެރިން ސްޓަޑީސް ދާއިރާއިން ޖުމްލަ 57 ކޯހެއްގެ އެވެ.

މިގޮތުން މި އިންޓޭކްގައި މާސްޓަރސް ފެންވަރުގެ 6 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ސެޓްފިކެޓް ފެންވަރުގެ 3 ކޯހަކާއި، ޑިގްރީ ފެންވަރުގެ 15 ކޯހަކާއި، އެޑްވާންސްޑް ޑިޕްލޮމާ ފެންވަރުގެ 2 ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 7 ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ 9 ކޯހަކާއި އަދި ސެޓްފިކެޓް 3 ފެންވަރުގެ 8 ކޯހެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން މާލޭގެ އިތުރުން އަތޮޅު ތެރޭގައި ގާއިމް ކުރެވިފައި ހުރި ވިލާ ކޮލެޖުގެ ކެޕަސްތަކުގައި މީގެ ތެރެއިން ބައެއް ކޯސްތަށް ވަނީ ފެށުމަށް ހަމަޖެހިފަ އެވެ.

އަންނަ އަހަރު ފަށާ ކޯސްތަކުގެ ތެރޭގައި ހިމެނޭ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އެއް ކަމަށްވާ، ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑްގެ އެމް.އެސް.ސީ ޕަބްލިކް ހެލްތު ކޯހަކީ ޖެނުއަރީ މަހު މުޅީން އަލަށް މިކޮލެޖުގައި ފެށުމަށް ހަމަޖެހިފައިވާކޯހެވެ.

ކޯސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުންް ކޯހުގައި ބައިވެރިވުމަށް ފޯމް ހުށަހަޅަން ޖެހޭ ތާރީހަކީ 12 ޑިސެމްބަރ 2016 އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355