ބީއެމްއެލްއިން އިތުރު ވަޒީފާ އުފައްދާ ހިދުމަތް ފުޅާ ކުރުމުގެ ބޮޑު މަޝްރޫއެއް ފަށަނީ
ބޭންކް އޮފް މޯލްޑިވްސްއިން އިން 150 އާ ވަޒީފާ އުފައްދާ އެބޭންކުގެ ހިދުމަތް ތަރައްގީކޮށް މުޅިރާއްޖެއަށް ހިދުމަތް ފުޅާ ކުރުމުގެ މަޝްރޫއެއް ފެށުމަށް ހަމަޖެހިފައިވަ ކަމަށް ހާމަކޮށްފި އެވެ.
ބީއެމްއެލް އިން މިކަން ހަމަކޮށްފައިވަނީ 2016 ވަނަ އަހަރުގެ މާލީ ހިސާބުތަކާއި އެކުގައެވެ.
އެގޮތުން ކުރިއަށް އޮތް އެއް އަަހަރުގެ ތެރޭގައި 150 އާ ވަޒީފާ އުފައްދާ ރެގިއުލޭޓާގެ ހުއްދަ އާއިއެކު ބޭންކުގެ ބްރާންޗުތަައް 36 އަށް އިތުރުކުރުމަށް ވަނީ ނިންމާފަ އެވެ. އަދި ކަސްޓަމާ ސާރވިސް ގެ ސެންޓަރެއް ގާއިމްކޮށް އައްޑޫގައި އާ ކޮންޓެކްޓް ސެންޓަރެއް ގާއިމް ކޮށް މުޖުތަމައަށް ފޯރުކޮށްދޭ އެހީ ދެގުނައަށް އިތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށް ބޭންކުން މައުލޫމަތު ދެއެވެ.
އިތުރަށް އުފެއްދުމަށް ހަމަޖެހިފައިވާ 150 ވަޒީފާގެ ތެރެއިން 75 ވަޒީފާ އަމާޒުކުރެވިފައިވަނީ އަތޮޅުތެރެއަށެވެ. އަދި ބަކީ ވަޒީފާ މާލޭ ސަރަހައްދަށް އަމާޒުކުރެވިފައިވާއިރު އަލަށް ގާއިމް ކުރެވޭ ބިޒްނަސް ސެންޓަރ ނުވަތަ އޭޓީއެމްތަކުގެ ސަބަބުން 22 ރަށަކަށް ބޭންކިންގެ ހިދުމަތް ފަސޭހަ ވެގެން ދާނެ އެވެ.