twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ތިލަދުންމަތީގެ 4 ރަށެއް ހިމަނައި އިތުރު ރަށްތަކެއް ރިސޯޓް ހަދަން ވިއްކާލަނީ

Nov 1, 2016

ހއ އަދި ހދ އަތޮޅުގެ 4 ރަށެއް ހިމަނައި  ރިސޯޓް ހަދަން ވިއްކާ ރަށްތަކެއް އިއުލާންކޮށްފި އެވެ.

ހދ އަތޮޅުން ރިސޯޓް ހެދުމަށް ވިއްކުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި އެންމެ ބޮޑު އަގެއް ހުށަހަޅާފައިވަނީ  މުއިރީ އެވެ. އެރަށް ވިއްކާލުމަށް 6.7 މިލިއަން ޑޮލަރަށެވެ. މަކުނުދޫގެ ހިތްގައިމު ފަޅުގެ ތެރޭގައި އޮންނަ ދިއްޕަރަފުށި ވިއްކާލުމަށް ހުށަހަޅާފައިވަނީ 1 މިލިއަން ޑޮލަރެވެ. މިއީ ކުރިންވެސް ރިސޯޓް ހެދުމަށް އިއުލާން ކުރި ދެ ރަށެވެ.

ބިޑަކާ ނުލާ ރިސޯޓް ހަދަން ވިއްކާލާ ރަށްތަކުގެ ތެރޭގައި ހއ އަތޮޅުން ހިމެނެނީ ވަނގާރު އާއި ގާމަތިކުޅުދޫ އެވެ. ވަނގާރު ވިއްކާލަނީ 2.8 މިލިއަން ޑޮލަރެވެ. ގާމަތިކުޅުދޫ ވިއްކާލަނީ 1.6 މިލިއަން ޑޮލަރަށެވެ.

ރައީސް ޔާމީން ހދ އަތޮޅަށާއި ށ އަތޮޅުގެ ރަށަކަށް މިދިއަ ހަފްތާ ކުރެއްވި ދަތުރުފުޅުގައި ވިދާޅުވެފައިވަނީ ރިސޯޓް ހެދުމަށް ދޫކުރާ ރަށްތަކުގެ ތެރެއިން 75 އިންސަތަ ރަށް ހިމެނޭނީ އެންމެ އުތުރުގެ 3 އަތޮޅުން ވަކިން ހާއްސަކޮށް ހދ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ އިއުލާނުގައިވާ ގޮތުން މިފަހަރު ރިސޯޓް ހަދަން ހުޅުވާލަނީ 11 ރަށެއް އަދި ދެ ފަޅެކެވެ.

ރިސޯޓް ތަރައްގީކުރުމަށް އަލަށް ހުޅުވާލި ރަށްތަކަކީ ތިލަދުންމަތީގެ 4 ރަށަކާއި ނ. ލޯފަރު، ބ. ބޮޑު ފިނޮޅު، ބ. ފަރެސް، ކ.ފޭދޫ ފިނޮޅު، ސ.އިސްމެހެލާ، ސ. ސަވާހެލި އަދި ދެ ފަޅެކެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މިތަންތަން ތަރައްގީ ކުރަން އިންވެސްޓަރުންނަށް ދޫކޮށްގެން ސަރުކާރަށް އާމްދަނީގެ ގޮތުގައި 72 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައި ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355