twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ބަހާދަރާއި ބާދުޝާހް ބޯޓްގެ ޓިކެޓް އަގު 400 ރުފިޔާއަށް ބޮޑުކުރަނީ

Nov 1, 2016

ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތަކުގެ އަގު ބޮޑުވުމާއި ގުޅިގެން ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ މަޝްހޫރު ބަހާދަރު ބޯޓާއި ބާދުޝާހް ބޯޓްގެ ޓިކެޓްގެ އަގު ބޮޑުކުރަން ނިންމައިފި އެވެ.

ޓިކެޓްގެ އަގު ބޮޑުކުރަން ނިންމާފައިވަނީ މި ނޮވެމްބަރު މަހު 17 އިން ފެށިގެންނެވެ. 320 ރުފިޔާއަށް ވިއްކި ޓިކެޓް މިމަހު 17 ފެށިގެން ލިބޭނީ 400 ރުފިޔާއަށެވެ.

މިކަމާ ގުޅިގެން ބަހާދަރު ބޯޓް އޮޕަރޭޓްކުރާ މިތުރު ކޮމްޕެނީގެ އޯނަރ އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ޒުހެއިރު ކޭއޯއަށް ވިދާޅުވީ ޓިކެޓް އަގު ބޮޑުކުރަން ނިންމީ މުދަލުގެ އަގާއި ހިދުމަތުގެ އަގު ހިފެހެއްޓުމެއް ނެތި ގައުމުގައި ބޮޑުވަމުންދާތީ ކަމަށެވެ.

“ގައުމުގެ އިންފްލޭޝަން ރޭޓް ވަރަށް ބާރަށް ދަނީ ބޮޑުވަމުން. އެހެންވެ މިކަން ކުރެވެން އަންނަނީ ޓިކެޓް އަގު ބޮޑުކޮށްގެން” މަޝްހޫރު ވިޔަފާރިވެރިޔާ ޒުހެއިރު ވިދާޅުވި އެވެ.

ކުޅުދުއްފުށިން މާލޭއަށް ކުރާ ދަތުރުތަކަށް އިންގިލާބެއްގެ ގެނައި މުހައްމަދު ޒުހެއިރު ވިދާޅުވީ މުދަލުގެ އަގާއި ހިދުމަތްތަކުގެ އަގުތައް މައްޗަށް ދިއުމުން މުވައްޒަފުންގެ މުސާރަވެސް ބޮޑުކުރަން ޖެހޭ ކަމަށެވެ. އެކަންކަން ކުރެވެން އަންނަނީ އެފަރާތުން ދެވޭ ހިދުމަތްތަކުގެ އަގު ބޮޑުކޮށްގެން ކަން އޭނާ ފާހަގަކުރެއްވި އެވެ.

ބަދުޝާހް ބޯޓް–

ކުޅުދުއްފުށިން މާލެ ދަތުރުކުރާ ބޯޓްތަކުގެ ތެރެއިން މިހާރު އެންމެ ބާރަށް ދުވާ ބާދުޝާހް ބޯޓްގެ ޓިކެޓްގެ އަގަށް ގެނައި ބަދަލާ ގުޅިގެން އެބޯޓް އޮޕަރޭޓްކުރާ މިންވަރު ކޮންޕެނީގެ އިސް އޮފިޝަލަކު ކޭއޯއަށް ވިދާޅުވީ އެފަރާތުންވެސް ޓިކެޓް އަގު ބޮޑުކުރަން ޖެހުނީ ކާޑުގެ ބާވަތްތަކާއި ހިދުމަތްތަކުގެ އަގު ބޮޑުވުންމުން ކަމަށެވެ.

“އަސްލު ކާޑުގެ އަގު ބޮޑުވުމުން މިދަނޑިވަޅުގައި އަގު މަތިކުރަން ޖެހުނީ” މިންވަރު ކޮންޕެނީގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

ބަހާދަރު އަދި ބާދުޝާހް ބޯޓްގެ ފަރާތުން ވެސް ބުނީ ޓިކެޓްގެ އަގު މައްޗަށް ދިއުމުން ބޯޓުން ދޭ ހިދުމަތްތައް ކުރިއަށްވުރެ ރަނގަޅުވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355