އައިހެވަންގެ މާސްޓަރ ޕްލޭން ހެދުމަށް ސިންގަޕޫރްގެ ކުންފުންޏަކާއި ހަވާލުކޮށްފި އެވެ.
ހއ. އަތޮޅުގެ އިހަވަންދިއްޕޮޅު ސަރަހައްދުގައި ސަރުކާރުން ހިންގަން ރާވާފައިވާ އައިހަވަން އިންޓަގްރޭޓަޑް ޕްރޮޖެކްޓުގެ މާސްޓަ ޕްލޭންގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސިންގަޕޫރުގެ ސުރުބަނާ ޖުރޮންގް ކުންފުންޏާ އެވެ.
މި ކުންފުންޏާއި މަސައްކަތް ހަވާލުކޮށްފައިވަނީ 15 ހަފްތާގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
މި ސަރަހައްދުގެ އެންމެ ބޮޑު އެއް ކޮންސަލްޓެންސީ ކުންފުނި ކަމަށްވާ ސުރުބާނާ ޖްރޯންގް އާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ ހުޅުލޭ އައިލެންޑް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.