twitterviber whatsapp telegramfacebookyoutube instagram
25th April 2024

ނަރުދަމާ އަގު ހެޔޮކުރުމަކީ ކުޅުދުއްފުށީގެ ރައްޔިތުންނަށް ލިބިގެންދިޔަ ލުޔެއް

Nov 2, 2016

ކުޅުދުއްފުށީގެ ނަރުދަމާއަށް ނަގަމުން ދިޔަ 100 ރުފިޔާގެ ޓެރިފް ރައީސުލް ޖުމްހޫރިއްޔާ މިމަހުން ފެށިގެން 30 ރުފިޔާއަށް ކުޑަކުރުމަކީ އެރަށުގެ ދިރިއުޅޭ ރައްޔިތުންނަށް ލިބިގެންދިޔަ ލުޔެއްކަމަށް ދެކޭކަމަށް އެމްޑަބުލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑަބުލިއުއެސްސީގެ އެމްޑީ ސޮއެކުރައްވާ މިއަދު ކުޅުދުއްފުށީގައި މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ނަރުދަމާއަށް ކުރިން ނަގަމުންދިޔަ 100 ރުފިޔާ މި ނޮވެމްބަރުމަހުން ފެށިގެން 30 ރުފިޔާއަށް ކުޑަކޮށްވާތީ ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ނަމުގަޔާއި އެކުންފުނީގެ ބޯޑުގެ މެމްބަރުންގެ ނަމުގައި ކުޅުދުއްފުށީގެ ރައްޔިތުންނަށް ހޫނު މަރުހަބާއެއް ކިޔާކަމަށެވެ.

“ސަރުކާރުން މިގެނެސްދެއްވި ބަދަލު އެއީ ހދ ކުޅުދުއްފުށީގައި ދިރިއުޅޭ ރައްޔިތުންނަށް ލިބިގެންދިޔަ ލުޔެއްކަމުގައި ދެކެން” އެމްޑަބުލިއުއެސްސީގެ އެމްޑީ ސޮއެކުރައްވާ ކުޅުދުއްފުށިގެ ގޭބިސީތަކަށް މިއަދު ފޮނުވި ސިޓީގައި ބުނެފަވެ އެވެ.

އަދި އެކުންފުނިން ފޯރުކޮށްދެމުންގެންދާ ހިދުމަތްތަކަކީ އަބަދުވެސް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ ހިދުމަތްތަކެއްކަން އެކުންފުނިން ޔަގީންކޮށް، އެފަރާތްތައް ދެއްވަމުން ގެންދަވާ އެއްބާރުލުމަށް ފާހަގަކޮށް ޝުކުރުދަންނަވާކަމަށް ސިޓީ ނިންމާލަމުން ބުނެފައިވެ އެވެ.

ރައީސް ޔާމީން ކުޅުދުއްފުށީ ނަރުދަމާއިން ނަގަމުން އަންނަ 100 ރުފިޔާ 30 ރުފިޔާއަށް ކުޑަކުރާނެކަން އިއުލާންކުރެއްވީ ހދ މަކުނުދޫ ބަނދަރާއި މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިދިޔަ ހަފްތާ ތެރޭގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355