ބައިކ މޯލޮޑިވްސް ގެ މެންބަރަކަށް ވުމުގެ ފުރުސަތު އެ އެސޯސިއޭޝަނުން ހުޅުވާލައިފި އެވެ.
މިދިޔަ އޮކްޓޯބަރު މަހު އެ އެސޯސިއޭޝަނުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ޖަމިއްޔާގެ މެންބަރަކަށް ވުމަށް ބޭނުންވާ ފަރާތްތަކުން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މެންބަރޝިޕް ފީއާއިއެކު 6 ނޮވެމްބަރ ވާ ހޯމަ ދުވަހުގެ ކުރިން ބައިކް މޯލްޑިވްސްއަށް ހުށައެޅުމަށެވެ.
އެ ޖަމިއްޔާގެ މެންބަރުން ބަހާލެވިފައި ވަނީ 4 ގިންތިއަކަށެވެ. އެއީ ފުރިހަމަ މެންބަރުން، އަމިއްލަ މެންބަރުން، އެސޯސިއޭޓް މެންބަރުން އަދި ހާއްސަ މެންބަރުންނެެވެ.
ބައިކް މޯލްޑިވްސް އަކީ ދިވެހިރާއްޖޭގައި ބައިސްކަލުގެ ކުޅިވަރުގެ ހަރަކާތްތަކާއި، އާންމު ދިރިއުޅުމުގައި ބައިސްކަލުގައި ބޭނުން ހިފައިގެން ދުޅަހެޔޮ ސިއްހަތެއްގައި ތިމުމަށާއި، ތިމާވެށި ހިމާޔަތްކުރުމުގެ ހަރަކާތްތައް ރާވައި ހިިންގުމަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒްގައި ރަޖިސްޓުރީވެފައިވާ އެސޯސިއޭޝަނެކެވެ.