twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ކައުންސިލަށް ކެންޑިޑޭޓުން ހޮވުމަށް އެމްޑީޕީން ބާއްވާ ޕްރައިމަރީގެ ވޯޓުނެގުން މާދަމާ

Nov 3, 2016

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯދުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރާ ކެނޑިޑޭޓުން ދައްކާލައިފި އެވެ. އެގޮތުން ކުޅުދުއްފުށީ ރަށު ކައުންސިލަށް އެމްޑީޕީގެ ޓިކެޓް ހޯދުމަށް 6 ބޭފުޅަކު ކުރިމަތިލާފައިވެ އެވެ.

އަދި އަތޮޅު ކައުންސިލްގެ ކުޅުދުއްފުށީ ދެކުނު ދާއިރާއަށް 2 މެމްބަރަކު ވާދަކުރައްވާއިރު އަތޮޅު ކައުންސިލްގެ އުތުރު ދާއިރާއިން ނިކުންނަނީ އެމްއޯޔޫގެ ފަރާތުން އެންމެ ކެނޑިޑޭޓެެކެވެ.

އެގޮތުން ކުޅުދުއްފުށީ ކައުންސިލްގެ 5 ގޮނޑިއަށް ވާދަކުރައްވާ 6 ކެނޑިޑޭޓަކީ:

• އަލީ ހާޝިމް، ފަންރިޔާ

• ޝިޔާމާ އަލީ، ނައިޓްމޫން

• އަހުމަދު މުހައްމަދު، ނަސީމްގެ

• މުހައްމަދު ފަވާޒް، ސައުދީ

• ސަމާ އަލީ، ހިރި

• އަބުދުއްލަތީފް ހަސަން، ސަބުނަމީގެ

އަތޮޅު ކައުންސިލްގެ ގޮނޑިއަށް ވާދަކުރައްވައި 3 ކެނޑިޑޭޓުން، އަބުދުﷲގެ ޓިކެޓް ވަނީ އޮޓަމެޓިކުން ލިބިފައ–

 

އެގޮތުން އަތޮޅު ކައުންސިލްގެ ދެކުނު ދާއިރާގެ ޕްރައިމަރީގައި ވާދަކުރަނީ މިހާރުވެސް އަތޮޅު ކައުންސިލްގެ މެމްބަރު އަހުމަދު އާތިފާއި ދެރަހަ، އަހުމަދު މުހައްމަދެވެ. އަތޮޅު ކައުންސިލްގެ އުތުރު ދާއިރާގެ ގޮނޑި އެމްއޯޔޫގެ ކެނޑިޑޭޓް ނަމޫނާގެ، އަބުދުﷲ އަށް ވަނީ އިތުރު ފަރާތެއް އެދާއިރާއަށް ކުރިމަތި ނުލާތީ އޮޓަމެޓިކުން ލިބިފަ އެވެ

ޕްރައިމަރީގެ ވޯޓުލުން މާދަމާ މެންދުރުފަހު ދެއަކުން ހަވީރު 5 އެމްޑީޕީގެ ހަރުގޭގައި ކުރިއަށްދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355