ށ ކަނޑިތީމު ފަޅު ފުން ކުރުމުގެ މަޝްރޫއުގެ ތެރެއިން ޖެޓީގެ މަސައްކަތް ނިމިއްޖެ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
ޕީއެސްއެމް އަށް ދީފައިވާ އިންޓަވިއުއެއްގައި އެރަށު ކައުންސިލުން ބުނެފައިވަނީ ޖެޓީގެ މަސައްކަތް މިހާރު ނިންމާ ބަނދަރުގެ ކަނޑިންމަ ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން އެ މަޝްރޫއުގެ ދަށުން ކަނޑިންމައިން އިތުރަށް 30 ފޫޓް އިތުރުކޮށް ކަނޑިންމަ ބޮޑުކުރެވިގެން ދާނެ ކަމަށާއި އެއާއިއެކު ބޭރު ތޮށީގައި ހިލަޖެހުމާއި ޕޭވްމަންޓް ގަލާއި ލައިޓް ޕޯސްޓްތަކާއި ފަޅުގައި ބަހައްޓާ ބްލޮކްތައް ބެހެއްޓުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާނެ ކަމަށް އެރަށު ކައުންސިލުން ވަނީ ވިދާޅުވެފަ އެވެ.
ކަނޑިތީމު ބަނދަރަކީ 715 ފޫޓު ދިގު އަދި ފުޅާމިނުގައި 297 ފޫޓު ބަނދަރެކެވެ.