އެމްޑީޕީ ޕްރައިމަރީގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ އަތޮޅު ކައުންސިލުގެ ގޮނޑީގެ ޓިކެޓް އަހުމަދު އާތިފް، މާވިނަ ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފި އެވެ.
އާތިފް ޓިކެޓް ކާމިޔާބުކުރެއްވީ ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދުގެ ކޮއްކޮ، އަހުމަދު މުހައްމަދާއި ވާދަކޮށް ބޮޑު ތަފާތަކުންނެވެ.
ކުޅުދުއްފުށީގައި ބެހެއްޓި ވޯޓް ފޮށީގެ ނަތީޖާއަށް ބަލާލާއިރު އާތިފްއަށް ލިބިފައިވަނީ 105 ވޯޓެވެ. އަހުމަދަށް ލިބުނީ 53 ވޯޓެވެ. ބާތިލް ވޯޓްގެ ގޮތުގައި 9 ވޯޓް ގުނާފައިވެ އެވެ.
އާތިފަކީ މިހާރުވެސް ހދ އަތޮޅު ކައުންސިލްގެ ގޮނޑިއެއް ފުރުއްވަމުން ގެންދަވާ މެމްބަރެކެވެ.