twitterviber whatsapp telegramfacebookyoutube instagram
3rd May 2024

މަގުމަތީ ނޫސް ކަރުދާސް ވިއްކަން އުޅުނު ކުއްޖެއް މިހާރު އައި.އައި.ޓީ ގެ ވަޒީފާގައި

Nov 5, 2016

ނޫސް ކަރުދާހާއި މެގަޒިން ވިއްކަން އުޅުނު ކުއްޖެއް މިހާރު އިންޑިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ގައި ވަޒީފާ އަދާ އެބަދެއެވެ.

ޝިވާންގީ ނަމަކަށް ކިޔާމި އަންހެން ކުއްޖާ އުޅެމުން އައީ އިންޑިޔާގެ ކަންޕޫރުގައެވެ. އަދި އަބަދުވެސް އުޅުނީ ބައްޕަގެ ވަޒީފާގެ ގައި އެހީވެދޭށެވެ.

ހިލޭ ފަގީރުންނަށް ކިޔެވުމުގެ ފުރުސަތު އަނަންދު ކުމާރުގެ “ސުޕާރ 30” އިން ޝިވާންގީ އަން ލިބުނެވެ. ކިޔަވަން އުޅެނިކޮށް ބައްޕަގެ ބަލި ހާލަތުގެ ދަށް ވުމުގެ ސަބަބުން ބައްޕައަށް ނޫސް ވިއްކަށް ނޫޅެވުމުން ޝިވާންގީ އެކަނި މަގުމަތީގައި އެ މަސައްކަތުގައިއުޅުނު ކަމަށް ހަބަރުތަކުން ބުނެއެވެ. އެކަމަކު ވަގުތެއް ލިބޭ އިރަށް ކިޔެވުމައިގެން ކުރިއަށް ދެއެވެ.

ސުޕާރ 30 ގައި ކިޔަވަން އުޅުނީންސުރެ އަނަންދު ކުމާރ އަދި އޭނާގެ އާއިލާ އަކީ ޝިވާންގީގެ ރައްޓެހިންނެވެ. އަނަންދު ކުމާރ ގެ މަންމައަށް ޝިވާންގީ ކިޔާ އުޅެނީވެސް މާމައެވެ. އަދި ބަލިވެއްޖެންޔާ އޭނައަށް އެހީވެދީ ކައިރީގައި ނިދާހަދާ ކަމަށް ބުނެއެވެ.

ސެކަންޑަރީ އެޑިއުކޭޝަން ޝިވާންގީ ނިންމާފައި ވަނީ ގަވަރުމެންޓް ސްކޫލަކުންނެވެ. އަދި އިންޑިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ގެ ރޫރްކީއަށް ދިއުމުގެ މަސައްކަތް ދިއައީ ކުރަމުންނެވެ. ޝިވާންގީ އައި.އައި.ޓީން ހެދި ޓެސްޓުން ފާސްވެ އެތާގައި ކިޔެވުމުގެ ފުރުސަތު ވަނީ ލިބިފައި އެވެ. ޝިވާންގީ ކިޔެވުމަށް ދާންޖެހުމުން ވަނީ އަނަންދު ކުމާރގެ އާއިލާއިންވެސް ހިތާމަ ކޮށްފައި ކަމަށް ވެއެވެ. އަދި ޝިވާންގީގެެ ބައްޕަ ބުނިގޮތުގައި “ބައެއްމީހުންގެ ހުވަފެން ސީދާވެއެވެ. އެކަމަކު މިހާ ބޮޑު ހުވަފެނެއް އޭނާ ނުވެސް ދެކޭ ކަމަށެެވެ.”

އަދި މިހާރު ޝިވާންގީ އަންނަނީ އިންޑިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީންގައި ވަޒީފާ އަދާ ކުރަމުން ކަމަށް ވެސް ހަބަރުތަކުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355