ސޮނީ ސުޕޯޓްސްގެ ފަރާތުން ގެންދާ ރަންފޯ ޗެރިޓީގެ މިއަހަރުގެ މެއިން ސްޕޮންސާ އަކަށް ހަސަން މެރިން ހޮވިއްޖެ އެެވެ.
ނޮވެންބަރ 4 ން 10 ވަނަ ދުވަހާއި ހަމައަށް ކުރިއަން ގެންދާ މިދުވުމަކީ ރާއްޖޭގެ ތެލިސީމިއާ ސޮސައިޓީއަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންދާ ދުވުމެކެވެ.
މިދުވުމުގެ މަގްސަދަކީ ތެލަސީލިއާ އަށް މީހުން ހޭލުންތެރިކޮށް ދުޅަހެޔޮ ސިއްހަތެއްގައި ތިމުބަށް އެހީތެރިވުމެވެ.
ދުމުގައި ބައިވެރިވުމަށް
– ޓުރެކްގައި ރަޖިސްޓުރީކުރުން ހަވީރު 05:00 ން 08:00 އާއި ދޭތެރޭ ކުރިއަށް ދާނެއެވެ.
– ދުވުންތެރިއާ އަޅާ ކޮންމެ ބުރަކަށް އަދި ކޮންމެ ސެލްފީއެއް ހޭސްޓެގް ޖެއްސެވުމަށްފަހު SSRFC2016 ލިޔުމަށްފަރު ސޯސަލް މީޑިއާގައި އަޕޮލޯޑް ކުރުމުން ސޮނީ ސުޕޯޓްސް އިން 5 ރުފިޔާ ތެލެސީމިއާ ސެންޓަރަށް ޑޮނޭޓް ކުރާނެއެވެ.
ސޮނީ ސްޕޯޓުން މި ހަރަކާތް ކުރިއަށް ގެންދާތާ މިއީ ހަތަރުވަނަ އަހަރެވެ.