twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ޕްރައިމަރީއަކާ ނުލައި ޕީޕީއެމް ކެނޑިޑޭޓުންނަށް ޓިކެޓް ދީފި

Nov 6, 2016

ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށީ ކައުންސިލަށާއި ހދ އަތޮޅު ކައުންސިލްގެ ގޮނޑިތަކަށް ވާދަކުރައްވާ ކެނޑިޑޭޓުންނަށް ޕްރައިމަރީއަކާއި ނުލާ ޓިކެޓް ދީފި އެވެ.

އެގޮތުން ރަށު ކައުންސިލަށް 8 ކެނޑިޑޭޓުން ކުރިމަތިލީއިރު ކެނޑިޑޭޓުން ހޮވީ ގުރުނަގައިގެންނެވެ. އަތޮޅު ކައުންސިލްގެ ދާއިރާއަކަށް އެންމެ ކެނޑިޑޭޓަކުން ކުރިމަތިލުމުން އެ ފަރާތްތަކަށް އޮޓަމެޓިކް ޓިކެޓް ލިބިފައިވެ އެވެ.

ޕީޕީއެމް ޓިކެޓްގައި ވާދަކުރައްވާނެ 5 ކެނޑިޑޭޓުން:-

އައިމިނަތު މަޖީދާ، އަމާޒު

ސިއުނާ އާދަމް، ފީފާ

އަހުމަދު އާދަމް، ތުޅާގިރި

ހަސަން ސައްފާނު، ގ. މާލަން  (ޗައްޕު)

އަބުދުލް ރަހުމާނު އިސްމާއިލް، ހާލީ (މައިޓް)

 

ހދ އަތޮޅު ކައުންސިލްގެ އުތުރު ދާއިރާގެ ޓިކެޓް ލިބިފައިވަނީ މިހާރުގެ ވެސް އެދާއިރާ ތަމްސީލް ކުރައްވަމުން އަންނަ އުމްކޫލްސޫމާ އިބުރާހިމަށެވެ. ދެކުނު ދާއިރާގެ ޓިކެޓް ލިބިފައިވަނީ މެސްކޮޓް، އަހުމަދު ސަމީރަށެވެ.

ހދ އަތޮޅު ކައުންސިލްގެ 2 ދާއިރާއަށް އޮޓަމެޓިކުން ޓިކެޓް ލިބުނު ދެ ކެނޑިޑޭޓް–

 

ޓިކެޓް ދިން ގޮތާއި ބެހޭ ގޮތުން އާދަމް މުހައްމަދު ކޭއޯއަށް ވިދާޅުވީ ޓިކެޓް ދީފައިވަނީ ” ބޮޑު ޕްރައިމަރީއެއް ނުބޭއްވި ނަމަވެސް ޕްރައިމަރީއެއްގެ ތެރެއިން” ކަމަށެވެ. އަދި އެގޮތަށް ކުރިއަށް ގެންދިޔައީ ކުރިމަތިލި ކެނޑިޑޭޓުންނާއި މަސްވަރާކުރުމަށް ފަހު އެބޭފުޅުންވެސް އެދުނު ގޮތްތަށް ކޮމެޓީއަކުން ބަލަން ޖެހޭ ވަރަށް ބަލާފައި ކަމަށް އާދަމް ވިދާޅުވި އެވެ.

އެކަމަކު އެއީ ކޮން ގޮތެއް ކަމެއް އާދަމް ވިދާޅެއްނުވެ އެވެ. ކެނޑިޑޭޓުން ހޮވީ ގުރުނައިގެން ތޯ  ސުވާލުކުރުމުން އެކަމަށް ޖަވާބެއް ދެއްވަން އާދަމް ބޭނުންމެއް ނުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355