twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ގާނޫނުގައިވާ ގޮތަށް ކުޅުދުއްފުށީ ކައުންސިލުން ރައްޔިތުންނާއި ބައްދަލު ނުކުރާތާ 2 އަހަރުވަނީ

Nov 6, 2016

އެއްވެސް ބޭފުޅަކު ކަންބޮޑުވުމެއްފާޅެއް ނުކުރޭ ކައުންސިލުތަކަށް ލާމަރުކަޒީ ގާނޫނޫ ފޯރުކޮށްދޭން ޖެހޭ ބާރުތައް ސަރުކާރުން ނުދީއޮތީމައެއް: އަލީ

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާގޮތަށް، ކުޅުދުއްފުށީގެ ރައްޔިތުންނަށް އާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ނުބާއްވާތަ 2 އަހަރު ވަނީ އެވެ.

ލާމަރުކަޒީ ގާނޫނުގައިވާ ގޮތުގައި މިދައުރުގެ ކައުންސިލުން ރައްޔިތުންނާ ބައްދަލުކޮށްފައިވަނީ އެންމެ ފަހަރަކު އެވެ. އެގާނުނުގައި ވާގޮތުން މަދުވެގެން އަހަރަކު އެއްފަހަރު ރައްޔިތުންނާއި ބައްދަލުރަން ޖެހެ އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު މިއަދު ކޭއޯއަށް ދެއްވި އިންޓަވިއުގެ ވިދާޅުވީ ގާނޫނުގައިވާ ވަރަށް ގިނަ ކަންތައްތަކެއް ދައުލަތުގެ މުވައްސަސާތަކުން ނުކުރާއިރު ހަމައެކަނި ކައުންސިލްތަކަށް ނުކުރެވި އޮތް ކަމެއް ވާހަކަ ދެއްކުމަކީ އިންސާފެއް ނޫން ކަމަށެވެ. އަލީ ވިދާޅުވީ ކައުންސިލަށް އިންތިހާބުވުމަށްފަހު ރައްޔިތުންނާ ބައްދަލުކުރި ފުރަތަމަ ބައްދަލުވުމުގެ ނަތީޖާ އެހާ ރަނގަޅުނޫން ކަން އަލީ ފާހަގަކުރެއްވި އެވެ.

ކުޅުދުއްފުށި ކައުންސިލްގެ ރައީސް އަލީ މުހައްމަދު–

 

މައުލޫމާތު ހިއްސާކޮށް ހިޔާލް ހޯދުމަށް ބާއްވާ ބައްދަލުންތަކުގައި ރައްޔިތުން ޒުވާބުކޮށް، ހަޑި ހުތުރު ބަހުން މުއާމަލާކުރުން ފަދަ ކަންކަން ހިންގައިގެން ނުވާނެ ކަމަށެެވެ. އެހެންނަމަވެސް ފުރަތަމަ ބައްދަލުވުމުންވެސް އެމަންޒަރުތައް ފެނުނުކަން އަލީ ފާހަގަކުރެއްވި އެވެ.

“ގާނޫނުގައިވާ ވަރަށް ގިނަ ކަންތައްތަކެއް ދައުލަތުގެ މުވައްސަސާތަކުން ނުކުރާކަން ފާހަގަކުރެވޭއިރު ހަމައެކަނި ކައުންސިލްތަކުން ނުކެރެވި އޮތް ކަމެއްގެ ވާހަކަ ދެއްކުމަކީ އިންސާފެއް ނޫން. މިއަށް ވުރެ މާ މުހިއްމު ކަންތައްވެސް އެބަހުރި ގާނޫނު އަސާސީގައި ދައުލަތުގެ މުވައްސަސާތަކުން ފޯރުކޮށްދޭން ޖެހޭ ކަންތައްތައް” ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އަލީ ވިދާޅުވީ ހަމައެކަނި އެހެން މުވައްސަސާތަކުން ފޯރުކޮށްދޭން ޖެހޭ ހިދުމަތެއް ފާހަގައެއް އެއްވެސް ފަރާތްތަކުން ނުކުރާކަމަށާއި ހަމައެކަނި ފާޑުކިޔުންތައް އަމާޒުވާ ތަނަކަށް ވެފައިވަނީ ކައުންސިލްތައް ކަމަށެވެ. އަދި އެއީ ހިތާމަކުރާ ކަމެއް ކަމަށް އަލީ ވިދާޅުވި އެވެ.

ރައްޔިތަކުން ބޭނުންވެގެން އައި ކޮންމެ މައުލޫމާތެއްވެސް މިހާތަނަށް ފޯރުކޮށްދީފައިވާނޭ ކަމަށާއި މިހާރުވެސް ކައުންސިލްގެ ނިންމުންތައް ކައުންސިލްގެ ނޯޓިސް ބޯޑު މެދުވެރިކޮށް އާއްމުކުރަމުން އަންނަ ކަމަށެވެ. އަދި ބޭނުންވަ ކޮންމެ މައުލޫމާތެއް ވެސް ބެނުންވެގެންް ކައުންސިލަށް އަތުވެއްޖެނަމަ އެމައުލޫމާތެއް ފޯރުކޮށްދެންމުންދާ ކަމަށް އަލީ ވިދާޅުވި އެވެ. އަދި މައުލޫމާތު ހޯދުމުގެ ގާނޫނުގެ ދަށުންވެސް މައުލޫމާތު ފޯރުކޮށްދެއްމުންދާކަން އަލީ ފާހަގަކުރެއްވި އެވެ.

“އެއްވެސް ބޭފުޅަކު ކަންބޮޑުވުމެއްފާޅެއް ނުކުރޭ ކައުންސިލުތަކަށް ލާމަރުކަޒީ ގާނޫނޫ ފޯރުކޮށްދޭން ޖެހޭ ބާރުތައް ސަރުކާރުން ނުދީއޮތީމައެއް. އެއްވެސް ބޭފުޅަކު އެކަން ކަމެއް ފާހަގައެއް ނުކުރޭ. ހަމައެކަނި ފާހަގަ މިކުރަނީ ކައުންސިލަށް ނުވެ ހުރިކަންކަން” އަލީ ވިދާޅުވި އެވެ.

އަލީ ވިދާޅުވީ ދައުރު ނިމުމުގެ ކުރިން ރައްޔިތުންނާއި ބައްދަލުކޮށް ކައުންސިލަށް ކާމިޔާބުނުކުރެވި ހުރި ކަންކަންމާއި ކުރެވިފައި ހުރިކަންތައް ހިއްސާކުރައްވަން ޖަލްސާއެއް ބާއްވާނެ ކަމަށެެވެ. އަދި އެމަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އަލީ ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނުގެ 110 ވަނަ މާއްދާގައި ބުނެފައިވަނީ، ރައްޔިތުންނަށް އާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ދެފަހަރު ރަށްރަށުގެ ކައުންސިލްތަކުން ބާއްވަންޖެހޭނެކަމަށެވެ. އަދި މިގޮތުން ބާއްވާ ފުރަތަމަ ބައްދަލުވުމުގައި ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ރައްޔިތުންނަށް ހުށަހަޅަންވާނެކަމުގައެވެ. ދެވަނަ ބައްދަލުވުމުގައި ކުރިއަށް އޮތް އަހަރުގެ މަސައްކަތުގެ ތާވަލާއި ބަޖެޓު ރައްޔިތުންނަށް ހުށަހަޅައި ހިޔާލު ހޯދަންވާނެކަމަށްވެސް އެމާއްދާގައި ބުނެފައިވެއެވެ. މިގޮތުން ބާއްވާ ބައްދަލުވުމުގެ 7 ދުވަސް ކުރިން އެރިޕޯޓުތަކާއި ޕްލޭނާއި ބަޖެޓުގެ މައުލޫމާތު އާންމުކޮށް ހާމަކުރަންވާނެކަމަށާއި ތަރައްޤީގެ ޕްލޭނަށް އަމަލީ ސިފަ އަންނަމުންދާ ގޮތުގެ މައުލޫމާތު މަދުވެގެން ދެމަހުން އެއްމަހު ކައުންސިލުން އާންމުކޮށް ހާމަކުރަންވާނެކަމަށް ލާމަރުކަޒީ ގާނޫނުގައި ބުނެފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355