twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ޒުވާނުންގެ ޖަމްއިއްޔާއިން 3 ކޯހެއް ފަށަނީ

Nov 7, 2016

ކުޅުދުއްފުށީ ޒުވާނުންގެ ޖަމްއިއްޔާއިން ބޮޑު ބަންދާއި ދިމާކޮށް 3 ކޯހެއް ފަށަން ތައްޔާރުވެއްޖެ އެވެ. އެޖަމްއިއްޔާއިން ފަށަން ތައްޔާރުވާ ކޯސްތަކަކީ ލިއެލާ ޖެހުމުގެ ކޯހަކާއި ފަހަން ދަސްކޮށްދޭ ކޯހެއްގެ އިތުރުން ޗޮކްލެޓް ހަދަން ދަސްކޮށްދޭ ކޯހެކެވެ.

ލިއެލާ ޖެހުމުގެ ކޯހަކީ ފަށަން ހަމަޖެހިފައިވަނީ ޑިސެމްބަރު 1 ން 14 އަށެވެ. ފީ އެއްގެ ގޮތުން 1000 ރުފިޔާ ނަގަން ހަމަޖެހިފައިވާއިރު ކޭކު ކޯސް ޑިސެމްބަރު 1 ން 10 އަށް ކުރިއަށްގެންދާއިރު ފީ އެއްގެ ގޮތުގައި 3000ރ ނަގަންވަނީ ހަމަޖައްސައިފަ އެވެ. އަދި ފަހާ ކޯހުފެ ފީ އެއްގެ ގޮތުގައި 2500ރ ހަމަޖައްސާފައިވައިރު އެކޯސް ކުރިއަށްދަނީ ޑިސެމްބަރު 1 ން 20 އެވެ.

މި ތިން ކޯހުގެ ބައިވެރިވުމުގެ ފުރުސަތު މިމަހު 25 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާއިރު 9706950 ނަމްބަރަށް ގުޅައިގެން ނަންނޯޓް ކުރެވޭނެ ކަމަށް އެފަރާތުން މައުލޫމާތު ދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355