ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއް ކަމަށްވާ “ބިލީފް”ގެ އަހަރީ ދުވަހާ ގުޅުވައިގެން ހަސަން ޝައްފާނު(ޗައްޕު) ހަދިޔާކުރި ޑަސްބިންތަކެއް އެޖަމްއިއްޔާއިން ކުޅުދުއްފުށީ އާޓިފިޝަލް ބީޗުގައި މިއަދު ބަހައްޓައިފި އެވެ.
ކުޅުދުއްފުށީ އާޓިފިޝަލް ބީޗްގައި އެކަމަށްޓަކައި މިއަދު ހަވީރު ބޭއްވި ކުޑަ ހަފްލާއެއްގައި ޑަސްބިންތައް އިފްތިތާހްކުރީ ހަސަން ޝައްފާނު އެވެ. މިހަފްލާގައި ބިލީފްގެ ޖަމްއިއްޔާގެ ހަރަކާތްތެރިންނާއި ކުޅުދުއްފުށީ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އައިމަނު ބައިވެރިވެލެއްވި އެވެ.
ޗައްޕު ހަދިޔާކުރި 4 ޑަސްބިންނެއް ވަނީ ބިލީފުން އާޓިފިޝަލް ބީޗްގައި ބަހައްޓާފަ އެވެ. މި ޑަސްބިންތައް އެސަހަރައްދުގައި ބަހައްޓާފައި ވަނީ ޖަމްއިއްޔާގެ ފުރަތަމަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެންނެވެ.
ޑަސްބިން ބެހެއްޓުމަށް ކުރިއަށްގެންދިޔަ ހަފްލާގެ ތެރެއިން–
ހަސަން ޝައްފާނަކީ ކުޅުދުއްފުށީ ކައުންސިލަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ނިކުނަ ކެނޑިޑޭޓެކެވެ. މީގެ ކުރިންވެސް އޭނަ ވަނީ ޑަސްބިން ހަދިޔާކުރުމުގެ މަސައްކަތް ކޮށްފަ އެވެ.