twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ދިރާގުގެ ފަރާތުން ޖަލާލުއްދީން ސުކޫލްގެ މަތީ ސާނަވީ ދަރިވަރުންނަށް “ޕަބްލިކް ސްޕީކިން” ސެމިނާއެއް ބާއްވައިފި

Nov 7, 2016

ދިރާގުގެ ފަރާތުން ޖަލާލުއްދީން ސުކޫލްގެ މަތީ ސާނަވީ ދަރިވަރުންނަށް އަމާޒުކޮށްގެން ޕަބްލިކް ސްޕީކިން ސެމިނާއެއް ބާއްވައިފި އެވެ.

މިހާރު ޖަލާލުއްދީން ސްކޫލްގެ އޭ ލެވެލްގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންގެ އިތުރުން މި އަހަރު މަތީ ސާނަވީ ތައުލީމު ފުރިހަމަ ކުރި ދަރުވަރުންނަށް ދައުވަތު ދީގެން ބޭއްވުނު މި ސެމިނާގައި ޖަލްސާ ތަކާއި ވޯކްޝޮޕް ތައް ފަދަ އާންމު ތަންތަނުގައި ވާހަކަ ދެއްކުމުގެ ހުނަރު ތަރައްޤީކުރުމާ ބެހޭގޮތުން ދަރިވަރުންނަށް މައުލޫމާތު ދެވުނެވެ.

ސެމިނާގެ ތެރެއިން ޕްރިންސިޕަލް ވާހަކަ ދައްކަވަނީ- ފޮޓޯ: އެމް.އައި

މި ރޮނގުން މީހުން ތަރައްޤީ ކުރުމުގައި ރާއްޖޭގައި އެންމެ އަރާހުރި އެއް ފަރާތް ކަމުގައިވާ ދިރާގުގެ ކަސްޓަމާ ސާވިސަސް މެނޭޖާ މަސްއޫދު އަލީ ހޯސްޓްކުރި މި އިވެންޓްގައި ޕަބްލިކް ސްޕީކާއަކަށް ވުމަށް ކުރަން ޖެހޭނެ ކަންތައްތައް ދަރިވަރުންނަށް ކިޔާދެވުނެވެ. މި އިވެންޓްގައި ދިރާގުގެ ކޮންޓެކްޓް ސެންޓާގެ ސީނިއާ ބޭފުޅުންގެ އިތުރުން ދިރާގު ކުޅުދުއްފުށީ ބުރާންޗުގެ މުވައްޒަފުންނާއި ދިރާގުގެ އެކި ރީޖަން ތަކުގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުން ތަކެއް ބައިވެރިވި އެވެ.

ދިރާގުގެ ރީޖަން ތަކުގެ މެނޭޖަރުން އަދި ކޮންޓެކްޓް ސެންޓާގެ ސީނިއާ ޓީމު – ފޮޓޯ: އެމް.އައި

ސަތޭކަ އެއްހާ ދަރިވަރުން ބައިވެރިވި މި ސެމިނާގައި ވާހަކަ ދައްކަވަމުން ޖަލާލުއްދީން ސުކޫލުގެ ޕްރިންސިޕަލް މަހުދީ ޝާހިދު މި ކަމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުވާލި އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355