twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ދިރާގުން ހިލޭ އޮންލައިން އިންޓަނޭޝަނަލް ކޯހެއް ހެދުމުގެ ފުރުސަތު ތައާރަފު ކޮށްދީފި

Nov 8, 2016

ދިރާގުން ރާއްޖޭގެ ކޮންމެ ޒުވާނަކަށްވެސް މުޅިން ހިލޭ އޮންލައިން ކޮށް އިންޓަނޭޝަނަލް ކޯހެއް ހެދުމުގެ ފުރުސަތު ވަނީ ތައާރަފް ކޮށްދީފަ އެވެ.

ދިރާގުން ޒުވާނުން ބާރުވެރި ކުރުވާ އިތުރު ތައުލީމީ ފުރުސަތުތައް ހޯދައި ދިނުމަށްޓަކައި ބައިނަލް އަގުވާމީ އެކަޑަމީއެއްކަމަށްވާ “ޝޯ އެކަޑަމީ” އާއި ގުޅިގެން ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް މުޅިން ހިލޭ އޮންލައިން ކޮށް އެއް ކޯހަށްވުރެން އިތުރު ކޯސް ހެދުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް ދިރާގުން ބުނެ އެވެ.

“ޝޯ އެކަޑަމީ” އަކީ ދުނިޔޭގެ ފެންވަރުގެ ކާމިޔާބީ ހޯދަމުންދާ އޮންލައިން ކޯސް ހިންގާ ޕްލެޓްފޯމެއް ކަމުން މި އެކަޑަމީ ހިންގާ ކޯސްތަކެކެވެ. ކޯސްތަކުގެ ކްލާސް ތައް އިންޓަނެޓް މެދުވެރިކޮށް ލައިވް ކޮށް ލެޕްޓޮޕް، ފޯން އަދި އައިޕެޑް ފަދަ ކޮންމެ ސްމާޓް ޑިވައިސް އަކުން ބަލާލެވޭނެއެވެ. އަދި ދިރާގުން މައުލޫމާތު ދިން ގޮތުގައި ހުރިހާ ކޯހަކުން ލިބޭ ސެޓްފިކެޓްތަކަކީ ދުނިޔޭގެ ފެންވަރުގެ ހުރިހާ ގައުމަކުންވެސް ބަލައިގަންނާނެ ސެޓްފިކެޓް ތަކެއް ކަމަށާއި މި އެކަޑަމީ ގެ ހުރިހާ ކޯސްތަކަކީ ވެސް ބައިނަލް އަގްވާމީ މިންގަޑުތަކަށް ފެތޭ ގޮތަށް ފަރުމާ ކުރެވިފައިވާ ކޯސް ތަކެއް ކަމަށެވެ.

އަވަދިނެތި ގޭތެރޭގެ މަސައްކަތުގައި އަދި ބުރަކޮށް ވަޒީފާގައި އަދާއްކުރައްވާ ބޭފުޅުންނަށް ވަރަށް ލުއި ފަސޭހަކަމާއި އެކު ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އެއީ “ޝޯ އެކަޑަމީ” ގެ ކްލާސް ތައް ލައިވް ކޮށް އޮންނަށް ގަޑީގައި ވަގުތު ނުލިބިއްޖެ ނަމަ ކްލާހުގެ ރިކޯޑިންގ ބަލާލެވުމުގެ އިތުރުން އަމިއްލަ ގޭގައި ފަސޭހަ ކަމާއިއެކު އާއިލާ އެކު ވަގުތު ހޭދަކުރަމުން ތަފާތު އެތައް ދާއިރާ އަކުން ކޯސް ހެދުމުގެ ފުރުސަތު ޝޯ އެކަޑަމީ އިން ލިބިގެން ދާނެ ކަމަށް މައުލޫމާތު ލިބެއެެވެ.

މި އެކަޑަމީ އިން ހިންގާ ބައެއް ކޯސް ތަކުގެ ތެރޭގައި، ޑިޖިޓަލް މާކެޓިންގ، ވެބް ޑިވެލޮޕްމެންޓް، ގްރެފިކްސް ޑިޒައިން، މޯބައިލް އެޕް ޑިވެލޮޕްމެންޓް އަދި ސޯޝަލް މީޑިއާ މާކެޓިންގ ފަދަ ކޯސް ތައް ހިމެނެއެވެ.

ޝޯ އެކަޑަމީ ގެ ކޯހައް އެޕްލައި ކުރެއްވުމަށް www.shawacademy.com/dhiraagu އަށް ޒިޔާރަތް ކޮށްލައްވާށެވެ. އަދި ކޮންމެ ކޯހެއްގެ މުއްދަތަކީވެސް 4 ހަފްތާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355