twitterviber whatsapp telegramfacebookyoutube instagram
2nd May 2024

އަންނަ އަހަރުން ފެށިގެން ބޭރަށް ފުރާ ދިވެހިންގެ އަތުންވެސް 25 ޑޮލަރު ނަގަނީ

Nov 8, 2016

އަންނަ އަހަރުން ފެށިގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ބޭރަށް ފުރާ ކޮންމެ ދިވެއްސެއްގެ އަތުން ވެސް 25 ޑޮލަރުގެ އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖް ނުވަތަ ޓެކްސްއެއް އަންނަ ސަރުކާރުން ނިންމައިފި އެވެ.

ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް މިހާރު ނަގަމުން އަންނަ ބައެއް ޓެކްސްތައް ބޮޑުކޮށް އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖް (އޭޑީސީ) ގެ ގޮތުގައި 25 ޑޮލަރު ނަގަން ފެށުމުން، އަންނަ އަހަރު 565.8 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އަންނަ އަހަރުގެ ބަޖެޓްގައި ވެއެވެ.

މި ބަޖެޓްގައި ގެސްޓް ހައުސް ތަރައްގީކުރަން ބިން ހިއްކުމަށްފަހު ދިގު މުއްދަތަކަށް ކުއްޔަށް ދީގެން ބޮޑު އާމްދަނީއެއް ހޯދަން ވެސް ހުށަހަޅާފައި ވާއިރު އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ހުށަހެޅި ކަންތައްތަކުގެ ތެރެއިން އަލަށް ހިމެނި އެއް ކަމަކީ މާލެ ސަރަހައްދުގެ ވެހިކަލްތައް ތޮއްޖެހުން ކުޑަކުރުމަށް ޓަކައި، ހަތަރު ފުރޮޅު އަދި ދެ ފުރޮޅު ލީ އުޅަނދުތަކުން ކޮންޖެޝަން ފީއެއް ނެގު މެވެ.

އެގޮތުން ގެސްޓް ހައުސް ތަރައްގީ ކުރުމަށް އަކަފޫޓެއް 1،000ރ.ގެ މަގުން 500،000 އަކަފޫޓު ވިއްކައިގެން 500 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު އުޅަނދުތަކުން ނަގާފީއިން 261 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355