twitterviber whatsapp telegramfacebookyoutube instagram
3rd May 2024

އެއާޕޯޓް ޓެކްސް ބިދޭސީންގެ އަތުން އެކަނި ނަގާ ގޮތަށް ބަދަލުކޮށްފި

Nov 9, 2016

އަންނަ އަހަރު ތައާރަފް ކުރާ އެއާޕޯޓު ޑިވެލޮޕްމަންޓް ޗާޖު (އޭޑީސީ)، ރާއްޖޭގެ މައި އެއާޕޯޓުން ފުރާ ކޮންމެ ޕަސިންޖަރެއްގެ އަތުން ނެގުމަށް ހުށަހެޅި ހުށަހެޅުން ބަދަލުކޮށް، ހަމައެކަނި ބިދޭސީންގެ އަތުން އެ 25 ޑޮލަރު ނަގަން ނިންމައިފި އެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހަށ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އާމްދަނީ އިތުރުކުރުމަށް ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި އޭޑީސީ ނެގުން ހިމެނެ އެވެ. ބަޖެޓުގައިވާ ގޮތުން، އެ ފީ ނަގާނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) އިން “ރާއްޖޭގެ އެކި ހިސާބަށް އަދި ރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން” 25 ޑޮލަރުގެ ރޭޓުންކަމަށެވެ. އަދި އެއިން އަންނަ އަހަރު ޖުމްލަ 565.8 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ބަޖެޓަށް ބަލާ ނަމަ އޭޑީސީ އަކީ ބިދޭސީންގެ އަތުން މިހާރު ނަގާ 25 ޑޮލަރުގެ ސާވިސް ޗާޖުގެ އިތުރުން ނަގާ ފީ އެކެވެ. ރާއްޖޭން ފުރާ ކޮންމެ ބިދޭސީއަކު އަންނަ އަހަރުން ފެށިގެން އެއާޕޯޓު ޓެކްސްގެ ގޮތުގައި ޖުމްލަ 37 ޑޮލަރު ދައްކަން ޖެހޭނެ އެވެ.

މިހާރު ވެސް އެއާޕޯޓުން ފުރާ ކޮންމެ ބޭރު މީހެއްގެ އަތުން 25 ޑޮލަރުގެ އެއާޕޯޓު ސާވިސް ޗާޖެއް ނަގަ އެވެ. އަދި ދިވެހިންގެ އަތުން 12 ޑޮލަރު ނަގަ އެވެ.

ބަޖެޓުގައިވާ ގޮތުން އަލަށް ތައާރަފްކުރާ 25 ޑޮލަރުގެ އޭޑީސީ ނަގާއިރު ދިވެހިންނާއި ބޭރު މީހުން އިސްތިސްނާއެއް ނުކުރާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355