ކުރިނބީ ސްކޫލުގެ މިދިޔަ އަހަރު އެންމެ މޮޅު ދަރިވަރަކަށް ހަސަން ވަހީދުއަށް ލިބިއްޖެ އެވެ.
ރޭ އެސްކޫލުގައި ބޭއްވި އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ހަސަން ވަހީދުއަށް އިނާމާއި ޓްރޮފީ ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރި މެހެމާން ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް މަހުދީ ޝާހިދެވެ.
ހަސަން ވަހީދު — ފޮޓޯ: އައިވެލް
މިދިޔަ އަހަރުގެ ސާނަވީ އިމްތިހާނުގައި ހަސަން ވަހީދުގެ އިތުރުން 3 ދަރިވަރަކު ވަނީ ފާހަގަކޮށްލެވޭ އިނާމްތަކެއް ހޯދާފައެވެ. އިރާޝާ އާދަމާއި ހުސެއިން ހުސާމް އަދި ހުސެއިން ސިނާޒެވެ.
ރޭ ބޭއްވި އިނާމް ދިނުމުގެ ޖަލްސާގައި ފާހަގަކޮށްލެވޭ އެކި ވަނަ ހޯދައިގެން 30 ހަކަށް ދަރިވަރުންނަށް ވަނީ އިނާމް ހޯދާފަ އެވެ.
ރޭ ކުރިނބީ ސްކޫލުގައި ބޭއްވި އިނާމް ދިނުމުގެ ޖަލްސާގެ ތެރެއިން–ފޮޓޯ: އައިވެލް
ހދ ކުރިނބީ ސްކޫލުގައި މިއަހަރު ގާތްގަނޑަކަށް 120 ދަރިވަރުން ތައުލީމް ހާސިލްކުރަމުންދެ އެވެ.