twitterviber whatsapp telegramfacebookyoutube instagram
14th August 2026

ބިއްލެފަހި މީހެއް ގެނބިގެން މަރުވެއްޖެ

Nov 9, 2016

55 އަހަރުގެ ށ. ބިއްލެފަހީ މީހެއް ގެނބިގެން މިއަދު ހަވީރު މަރުވެއްޖެ އެވެ.

މިމީހާ މަރުވެފައިވަނީ މިއަދު ހަވީރު “އުޅިއަށި” ނަމަކަށް ކިޔާ ބޯޓަށް މީހުން އެރުވުމަށް އެބުރި ރަށަށް ވަންނަ ދިޔަ މަގުމަތީގައި ކަމަށް އެރަށުން ވާހަަކަ ދެއްކި މީހުން ބުންޏެވެ.

“ބޯޓަށް މީހުން އެރުވުމަށް ފަހު އެބުރި ރަށަށް ވަންނަނިކޮށް، ޖެހި ރާޅަކާއި ތޮއްޓަށް ދޯނި އަރަން އުޅޭތީ، ދޯނި ސަލާމަތް ކުރަން މޫދަށް ފުއްމާލީ” އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އެމީހުން ބުނީ މޫދު އެމީހާ ނެނގިއިރު އޮތީ މަރުވެފަކަމަށެވެ. އެރަށު ސިއްހީ މަރުކަޒުންވެސް މީހަކު ގެނބިގެން މަރުވެގެން އުޅޭކަން ކޭއޯއަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355