twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ދިރާގުން ޕްލާސްޓިކް ފެންފުޅި ބޭނުން ކުރުން ހުއްޓާލައިފި

Nov 9, 2016

އެއްފަހަރު ބޭނުން ކުރުމަށް ފަހު އެއްލާލެވޭ ކަހަލަ ޕްލާސްޓިކް ފެންފުޅި ދިރާގު މުވައްޒަފުން ބޭނުން ކުރުން މުޅިން ހުއްޓާލައިފިއެވެ.

16 އޮކްޓޯބަރ 2016 ވީ އާދިއްތަ ދުވަހު ދިރާގުން ލޯންޗް ކުރި “ފޯ ދަ އޯޝަންސް” ކެމްޕެއިންގެ ދަށުން ކުރަން ރާވާފައިވާ ހާއްސަ ކަންތައްތަކުގެ ތެރެއިން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓުވުމަށް ބާރު އަޅުމުގެ އިތުރުން ރީ-ޔޫސަބަލް ކޮތަޅު ބޭނުން ކުރުން އާދައަކަށް ހެދުމަށް މިއީ ދިރާގުން އިސްނަގައިގެން ކުރިއަށް ގެންދާ ކެމްޕެއިނެކެވެ.

ތިމާވެށި ހިމާޔަތް ކޮށް އެއްފަހަރު ބޭނުން ކޮށްފައި އެއްލާލެވޭ ޕްލާސްޓިކް ފުޅި ނައްތާލުމުގެ ބޭނުމުގައި، މިއަދު ދިރާގުގެ ހެޑް އޮފީހުގެ އިތުރުން ރާއްޖޭގެ ތަފާތު 9 (ނުވައެއް) ސަރަހައްދުގައި ގާއިމު ކުރެވިފައިވާ ދިރާގު ރީޖަނަލް އޮޕަރޭޝަން ސެންޓަރު ތަކުގައި ވެސް ފެން ކޫލަރު ބަހައްޓާ، 630 އަށްވުރެން ގިނަ މުއައްޒަފުންނަށް ގިނަ ދުވަހު ގެންގުޅެވޭ ކަހަލަ ފެން ފުޅި ވަނީ ހަދިޔާ ކޮށްފައި ކަމަށް ދިރާގުން މައުލޫމާތު ދިނެވެ.

ދިރާގުން މައުލޫމާތު ދިން ގޮތުގައި ދިރާގުގެ މުއައްޒަފުންނަށް މިއަދު މި ހަދިޔާ ކުރި ފުޅި ތަކަކީ ގިނަ ދުވަހު ބޭނުން ކުރެވޭނެ ކަހަލަ ފުޅި ތަކެކެވެ. އަދި މި ފުޅި ތައް މުއައްޒަފުންނަށް ދިނުމުގެ ބޭނުމަކީ އެއްފަހަރު ބުއިމުމަށް ފަހު އުކާލެވޭ ފުޅި ތަކުގެ ބޭނުން ކުރުން ހުއްޓުވުމުގެ އިތުރުން މި ރަނގަޅު އާދަ މުއައްޒަފުންގެ ގައިގައި އަށަގަންނެވުމުގެ ބޭނުމުގައި ކަމަށެވެ.

އެގޮތުން ދިރާގުން ޕްލާސްޓިކް ފުޅި ތައް ނައްތާލުމަށް މި ފެށުނު ކެމްޕެއިންގެ ދަށުން ދިރާގުގައި އެއްފަހަރު ބޭނުން ކުރުމަށް ފަހު އެއްލާލެވޭ ފުޅި ތަކުގެ އަދަދު 99% އަށް ކުޑަ ކުރެވިގެން ދާނޭ ކަމަށް ވަނީ ލަފާކުރެވިފައެވެެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355