twitterviber whatsapp telegramfacebookyoutube instagram
21st May 2025

ޗެކް ދޫކުރުމާއި ލިޔުމުގައި އަމަލުކުރާ އުސޫލުތަކަށް ބަދަލު ގެނެސްފި

Nov 9, 2016

ބެންކް އޮފް މޯލްޑިވްސް އިން ޗެކު ދޫކުރުމާއި ލިޔުމުގައި އަމަލުކުރާ އުސޫލުތަކަށް ބަދަލު ގެނެސްފި އެވެ.

އެގޮތުން ޖޫން 2013 ގެ ކުރިން ދޫކޮށްފައިވާ ޗެކު ފޮތްތައް ބޭނުން ކުރުން ހުއްޓާލެވޭނެ ކަމަށެވެ. އަަދި 1 ޖެނުއަރީ 2017 ޗެކުގައި ލިޔުމަށްފަހު އެއްވެސް ބަދަލެއް ގެނެސްފައިވާ ޗެކުތައް ބޭންކުން ގަބޫލު ނުކުރާނެ ކަމަށެވެ.

15

ނޮވެމްބަރ 2016 އިން ފެށިގެން ބީއެމްއެލްއިން ގަބޫލުކުރާނީ ހަމައެކަނި ޖޫން 2013 ގެ ފަހުން ދޫކޮށްފައިވާ ޗެކު ފޮތްތަކުގެ ޗެކުތަކެވެ. ކުރީގެ ޗެކު ފޮތްތައް ގެންގުޅުއްވާ އެއްވެސް ފަރާތެއްވާނަމަ ޗެކު ފޮތް އާ ކުރެއްވުމަށް ބޭންކުން ވަނީ އެދިފައެވެ. އަދި އާ ޗެކުތަކުގެ ތިރީގައި ސަލާމަތީ އިތުރު ފިޔަވަޅެއްގެ ގޮތުންނާއި ޗެކު ޕްރޮސެސް ކުރުން އޮޓޮމޭޓް ކުރުމުގެ ގޮތުން މެގްނެޓިކް އިންކް ކެރެކްޓަރ ރިކޮގްނިޝަން (މައިކަރ) ޕްރިންޓް ބޭންޑެއް ހިމެނިފައިވާނެ ކަމަށް ބެންކުން މައުލޫމާތު ދިނެވެ.

ޗެކުގައި ލިޔުމަށްފަހު އެއްވެސް ބަދަލެއް ގެނެސްފައިވާ ޗެކުތައް 1 ޖެނުއަރީ 2017 އިން ފެށިގެން ބޭންކުން ގަބޫލު ނުކުރާނެއެވެ. އެހެންކަމުން ޗެކު ލިޔުމުގައި އިތުރަށް ސަމާލުވުމަށް ކަސްޓަމަރުންގެ ކިބައިން ބެންކުން ވަނީ އެދިފައެވެ.

ޗެކު ލިޔުމާއި ގެންގުޅުމުގައި ކަސްޓަމަރުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި މައިކަރ ޕްރިންޓް ބޭންޑް މައްޗަށް ނާރާ ގޮތަށް ޗެކުގައި ލިޔުމާއި ސޮއި ކުރުން އަދި ތައްގަނޑު ޖެހުން ހިމެނެއެވެ. އަދި ޗެކު ފަތް ނުޖެހުމަށާއި ޗެކަށް ހީރަސް ނުޖެހުމަށްވެސް ވަނީ ބުނެފައެވެ. މި ފިޔަވަޅުތަކަކީ ޗެކު ކްލިއަރިންގ އޮޓޮމޭޓްކުރުމާއި ބޭނުންކުރެވެނީ ޗެކުގެ ޑިޖިޓަލް އިމޭޖްކަމަށްވުމާއެކު ޗެކުގެ ސައްހަކަން ދެނެގަތުމުގެ މުހިއްމު ކަންކަމަށެވެ.

މި ބަދަލުތައް ގެނެވިފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ޗެކް ކްލިއަރިންގެ މަސައްކަތް އޮޓޮމޭޓް ކުރުމަށް ހަމަޖެހިފައިވުމާއެކު އެކަމަށް ބޭނުންވާ މިންގަނޑުތަކަށް އަމަލުކުރުމުގެ ގޮތުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355