twitterviber whatsapp telegramfacebookyoutube instagram
16th February 2026

ހއ އަތޮޅު ޕޮލިސް ކޮމާންޑަރަކަށް ނަސީމް، ހދ އަށް އަމީން

Nov 10, 2016

ހއ އަތޮޅުގެ ޕޮލިސް ކޮމާންޑަރަކަށް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ނަސީމް ހަމަޖައްސާ، ހދ އަތޮޅުގެ ޕޮލިސް ކޮމާންޑަރަކަށް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަމީން އަބުދުލް ޤައްޔޫމް ހަމަޖައްސައިފި އެވެ.

މިދިޔަ ދެ އަހަރުގެ ޓާރމް ނަސީމް ހުންނެވީ ހދ ގެ ކޮމާންޑަރަކަށެވެ.

ހދ އަތޮޅު ކޮމާންޑަރަކަށް ހުންނަވައިގެން ކުރެއްވި ހިދުމަތުގެ އަގު ވަޒަންކުރައްވައި ނަސީމްއަށް ވަނީ އަތޮޅު ކައުންސިލް ފިލައެއްގެ ވެސް އަރުވާފަ އެވެ. ނަސީމް މިހާރު ވަނީ ހއ ގެ ވެރިރަށް ދިއްދޫއަށް ވަޑައިގެން މަޝްއޫލިއްޔަތާއި ހަވާލުވެލައްވާފަ އެވެ.

ހދ އަތޮޅު ކޮމާންޑަރަކަށް އައްޔަނުކުރެއްވި އަމީން ކުޅުދުއްފުއްޓަށް ވަޑައިގެން މިހާރު ވަނީ މަސައްކަތާއި ރަސްމީކޮށް ހަވާލުވެލައްވާފަ އެވެ. އަދސި ތައާރަފްވެރިވުމުގެ ގޮތުން އަތޮޅު ކައުންސިލާއި ކުޅުދުއްފުށީ ކައުންސިލާ ބައްދަލުކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355