twitterviber whatsapp telegramfacebookyoutube instagram
14th August 2026

ކައުންސިލުން އެދުނު ތަރައްގީގެ ބޮޑުތި މަޝްރޫއުތަކެއް ބަޖެޓަކު ނެތް

Nov 12, 2016

އަންނަ އަހަރު ބަޖެޓްގައި ހިމަނައި ދިނުމަށް ކުޅުދުއްފުށީ ކައުންސިލުން އެދުނު ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ބަޖެޓުގައި ހިމަނާފައެއް ނުވެ އެވެ.

ކައުންސިލުން އެދުނީ އުތުރުކޮޅު ސަރަހައްދުގައި ސިޓީ ހޮޓަލެއް ތަރައްގީކުރުމަށާއި ޗަކަ ބިންތައް ހިއްކުމާއި އިތުރު މަގު ހެދުމާއި މިސްކިތެއް ބިނާކުރުމާއި ޒުވާނުންގެ މަރުކަޒެއް ހެދުމާއި މަގު ބައްތިތައް އަލުން ރިޕްލޭސްކުރުމާއި ރަށުގެ ވަށާމަގު ހެދުމާއި ރަނގަޅު ފެންވަރުގެ މަސްމަރުކޭޓެއް ހެދުމާއި ދާއިމީ ސްޓޭޖެއް ހަދައި ދިނުމަށެވެ.

މީގެ ތެރެއިން ބަޖެޓް ހިމަނާފައިވަނީ އެންމެ ދެ މަޝްރޫއެވެ. އެއީ ޒުވާނުންގެ މަރުކަޒާއި ދާއިމީ ސްޓޭޖެކެވެ. ޒުވާނުންގެ މަރުކަޒު އެޅުމަށް 3 މިލިއަން ރުފިޔާ ބަޖެޓްގައި ޖަހާފައިވާއިރު ދާއިމީ ސްޓޭޖެއް ހެދުމަށް 1 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނާފައިވެ އެވެ.

ކައުންސިލުން އެދުނު ތަރައްގީގެ މަޝްރޫއުތައް ބަޖެޓްގައި ހިމަނާފައި ނުވާއިރު، ސަރުކާރުން އަންނަ އަހަރު އަލަށް ކުޅުދުއްފުށީ ފަށަނީ އެންމެ ދެ މަޝްރޫއު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355