ކުޅުދުއްފުއްޓާއި މާލެ ދެމެދު ދަތުރުކުރާ ފާޅު ބޯޓް ޓިކެޓްގެ އަގު ވެސް ބޮޑުކޮށްފި އެވެ. ފާޅު ބޯޓްގެ ޓިކެޓް އަގު ބޮޑުކޮށްފައި މިވަނީ ބަހާދަރު ބޯޓާއި ބާދުޝާހް ބޯޓްގެ ޓިކެޓްގެ އަގު ނޮވެމްބަރު މަހު 17 ފެށިގެން ވަނީ 400 ރުފިޔާއަށް ބޮޑުކޮށްފަ އެވެ.
ފާޅު ބޯޓްގެ އޮފިޝަލަކު ބުނީ މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ކުރާ ދަތުރުތަކުގެ އަގު 350 ރުފިޔާއަށް ބޮޑުކޮށްފައިވާ ކަމަށެވެ. ކުރި ޓިކެޓް ވިއްކަނީ 320 ރުފިޔާއަށެވެ.
ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ކުރާ ދަތުރުތަކުގެ އަގަށް ބަދަލު ގެނައީ ސަރުކާރުން ރައްޔިތުންނަށް ދޭ ގިނަ ހިދުމަތެއްގެ އަގު ބޮޑުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
ކުޅުދުއްފުށީ ބޯޓްތަކަކީ އުތުރު 3 އަތޮޅުގެ ގިނަ ރައްޔިތުންތަކެއް މާލެ ދިއުމަށް ބޭނުންކުރާ ބޯޓްތަކެކެވެ.