ކުމުންދޫ ސްކޫލުގެ ކުލާސް ރޫމްތައް މަލްޓި މީޑިއާކުރުމަށް ޕީޓީއޭއިން ކުރާ މަސައްކަތް އެހީތެރިވުމުގެ ގޮތުން އެރަށުގެ 3 ކައުންސިލަރަކު 22200 ރުފިޔާ ހަދިޔާކުރައްވައިފި އެވެ.
ކުމުންދޫ ސްކޫލުގެ ޕީޓީއޭއާ ފައިސާ ހަވާލުކޮށްފައިވަނީ ރޭ އެސްކޫލުގައި އެކަމަށްޓަކައި ބޭއްވި ހަފްލާއެއްގަ އެވެ.
މަލްޓި މީޑިއާ ކުރުމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވަނީ ކުމުންދޫ ކައުންސިލުގެ އެމްޑީޕީ 3 ކައުންސިލަރެކެވެ. އެއީ ކައުންސިލުގެ ރައީސް އަމީން މުހައްމަދާއި ނައިބު ރައީސް އަލީ ގާސިމާއި ކައުންސިލް މެމްބަރު އަލީ އަންވަރެވެ. މި ތިން ކައުންސިލަރުންނަކީ ވެސް އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ 3 ކެނޑިޑޭޓުންނެވެ.
ކައުންސިލަރުން ފައިސާ ހަދިޔާކުރައްވަނީ–
ޕީޓީއޭ އިން ކުރިއަށްގެންދާ މި ހަރަކާތުގައި މީގެ ކުރިން ކޯޓާއި ދާއިރާގެ މަޖިލިސް މެމްބަރު އަނާރާ ނައީމްވެސް ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
އެ ޕްރޮޖެކްޓަށް އަދިވެސް 51000 ވުރެ ގިނަ ފައިސާ ބޭނުންވާކަމަށް ޕީޓީއޭ އިން މައުލޫމާތު ދެ އެވެ.