ކުޅުދުއްފުށީ ނޫރު ޖަމްއިއްޔާއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ބަންގި ގޮވުމުގެ މުބާރާތުން އެއްވަނަ ވަށަފަރުގެ، އަހުމަދު ޝާއީ އަލީ ހޯދައިފި އެވެ. ގުރުއާން މުބާރާތުން އެއްވަނަ ހޯދީ ސިނަމާގެ، ނަދުހާ ޒަކަރިއްޔާ އެވެ.
މި ދެ މުބާރާތުގެ ވަނަތަކަށް ދިޔަ ދަރިވަރުންނަށް އިނާމު ދީފައިވަނީ މިއަދު ހަވީރު ޖަލާލުއްދީން ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ޖަލާލުއްދީން ސްކޫލުގެ ލީޑިންގ ޓީޗަރު ސަބާހް މުހައްމަދެވެ.
ބަންގި ގޮވުމުގެ މުޅި މުބާރާތުގެ ވަނަތައް:-
1 ވަނަ – އަހުމަދު ޝާއީ އަލީ ވަށަވަރުގެ
2 ވަނަ – ސާނިޙް ޝަހީދު މިލްކުރާގެ
3 ވަނަ – އުލްވާން އަތޫފް އަރީބު ޖަވާހިރުވާދީގެ
ޤުރުއާން ކިޔެވުމުގެ މުޅި މުބާރާތުގެ ވަނަތައް:-
1 ވަނަ – ނަދުހާ ޒަކަރިއްޔާ ސިނަމާގެ
2 ވަނަ – އައިޝަތު ސަމާހާ ހަސަން ނިޒާމްގެ
3 ވަނަ – އައިމިނަތު ނަޝާ އަބްދުﷲ، މާހީގެ
އިނާމް ދިނުމަށް ބޭއްވި މި ރަސްމިއްޔާތުގައި އެކި އުމުރުފުރާއިން ވަނަ ހޯދި ދަރިވަރުންނަށް އިނާމާއި ސެޓްފިކެޓް ދީފައިވެ އެވެ.