twitterviber whatsapp telegramfacebookyoutube instagram
21st May 2025

ކުޅުދުއްފުށީ ޔޫސީމާސް ޖެލެންޖް ބާއްވައިފި

Nov 12, 2016

“ޔުނިވާސަލް ކޮންސެޕްޓް އޮފް މެންޓަލް އެރިތަމެޓިކްސް ސިސްޓަމް” ނުވަތަ ވިސްނުމުގެ ކުޅަދާނަކަން ލިބިފައިވާ މިންވަރު ބަލައި ޕްރޮގްރާމެއް ކުޅުދުއްފުށީގައި ހިންގައިފިއެވެ.

8 މިނެޓް ތެރޭގައި ހަވާލު ކުރެވޭ ސުވާލު ތަކުގެ ތެރެއިން އެންމެ ގިނަ ސުވާލު ރަނގަޅަށް ހެދޭ ކުއްޖެއް ބެލުމަށް ސްކޫލުތަކުގެ ދަރިވަރުންގެ މެދުގައި އިއްޔެ ވަނީ ޔޫސީމާސްގެ ޓެސްޓެއް ބާއްވާފައެވެ. މި ޓެސްޓުގައި ބަލަނީ އެންމެ އަވަސް ސުޕީޑެއްގައި ގިނަ ސުވާލުތަކެއް ރަނގަޅު ކުރެވޭތޯ އެވެ.

ޗެލެންޖުން ޗެމްޕިއަންކަން ހޯދި ރީހާނު–

ދަރިވަރުންނަށް އެވޯޑް ދިނުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔޫސީމާސްގެ މެނޭޖަރ އަހުމަދު އަބްދުﷲ ވިދާޅުވީ ޔޫސީމާސް އަކީ ކޮންމެ ގައުމެއްގައި ވެސް ހިންގާ ޕްރޮގުރާމެއް ކަމަށާއި އަދި ހުރިހާ ޤައުމުތަކެއް ވާދަކުރާގޮތަށް ވެސް ވަނީ މުބާރާތްތައް ބާއްވާފައެވެ. އެގޮތުން މިއަހަރުގެ ކޮންޕެޓިޝަން ބޭއްވިފައި ވަނީ ދުބައިގަ އެވެ.

އަހުމަދު އަބްދުﷲ ވިދާޅުވީ ކުޅުދުއްފުށީގެ ދަރިވަރުންނަށް ވެސް މިއަހަރު ބޭރަށް ދިއުމުގެ ފުރުސަތު ލިބުނު ކަމުގައި ވިޔަސް ދުބާއީ އަކީ އަގުބޮޑު ތަނެއް ކަމުން ބެލެނިވެރިންނަށް އެހާ ބޮޑު ހޭދައެއް ކުރަން އުދަނގޫ ވުމުން މިއަހަރުގެ އެ މުބާރާތުގައި އެއްވެސް ކުއްޖެއް ބައިވެރި ވެފައެއް ނުވެއެވެ. އެހެން ނަމަވެސް ކުރިއަށް އޮތް އަހަރުތަކުގައި ބަައިވެރިވުމަކީ އެކަށީގެންވާކަމެކެވެ.

ކުޅުދުއްފުށީ ޔޫސީ މާސްގެ މެނޭޖަރު އަހުމަދު އަބުދުﷲ މިއަދު ޖަލްސާގައި ވާހަކަދައްކަވަނީ–

ނޮވެމްބަރު މަހުގެ 18 ވާ އަންގާރަ ދުވަހު ރާއްޖޭގެ ޔޫސީމާސް ހަދާ ހުރިހާ ދައިވަރުންނަށް ހުޅުވައިލައިގެން ގައުމީ މުބާރާތެއް މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މިއަހަރުގެ މި މުބާރާތުގައި ކުޅުދުއްފުށިން 9 ކުދިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި އެވެ.

މުބާރާތުގައި ވަނީ ޗެންޕިއަން އަދި ރަނަރަޕްގެ އިތުރުން ހިތްވަރު ދިނުމުގެ ގޮތުން ދެން އެންމެ ގިނަ ސުވާލު ރަނގަޅު ކުރި 5 ދަރިވަރުންނަށް އިނާމު ދީފައެވެ. އެގޮތުން 70 ސުވާލު ރަނގަޅު ކޮށްގެން ޗެންޕިއަން ކަން ހޯދާފައި ވަނީ މުހައްމަދު ރީހާން އިބްރާހިމްއެވެ. 68 ސުވާލު ރަނގަޅު ކޮށްގެން ރަނަރަޕް ކަން ހޯދާފައި ވަނީ އަހްމަދު ޔާސީން އިބްރާހީމް އެވެ. ހިތްވަރު ދިނުމުގެ އިނާމު ލިބުން 5 ކުދިންނަކީ ސަމްހާ މުހައްމަދު، އަހްމަދު ސަމާހު އަލީ، މުހައްމަދު ޒަޔާން އަބްދުލް ލަތީފު، އަހްމަދު އަފްރާހް އިރުޝާދް އަދި ކައިފް އަބްދުﷲ ހަމީދް އެވެ.

ޔޫސީ މާސްގެ ދަރިވަރުންތަކެއް–

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355